ޔޫކްރޭނުގައި ކުރިއަށް ގެންދާ މޮސްކޯގެ އަސްކަރީ ހަރަކާތްތަކާ ދެކޮޅަށް ލައިވް ޓީވީ ބްރޯޑްކާސްޓެއް މެދުކަނޑާލައި މުޒާހަރާ ކުރަން ކެރުނު ރަޝިޔާގެ ނޫސްވެރިއެއް ކަމަށްވާ މެރީނާ އޮވްސިއަނިކޯވާ އެކަން ކުރިތާ އެތައް ދުވަހެއް ފަހުން އޭނާ ހައްޔަރުކޮށްފިއެވެ.
އޭއެފްޕީން ބުނި ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ ޔޫކްރޭން ހިފުމަށް ރަޝިޔާއިން ކުރަމުންދާ މަސައްކަތާއި، ރަޝިޔާގެ ރައީސް ވްލާޑިމީރް ޕޫޓިނަށް ފާޑުކިޔާ ނިޝާނެއް ހިފައިގެން ރަޝިޔާގެ ސަރުކާރުގެ ވުޒާރާތައް ހިމެނޭ ސަރަހައްދު ކަމަށްވާ ކްރެމެލިން ކައިރީގައި އެކަނި މުޒާހަރާ ކުރިތާ ދުވަސްކޮޅެއް ފަހުންނެވެ.
ނޫސްވެރިޔާ ހައްޔަރުކޮށްފައިވަނީ އޭނާގެ ކުއްތާތަކާއެކު ހިނގާލަން ނުކުތް ވަގުތެވެ. އޭނާ ހައްޔަރުކުރިކަން އޭނާގެ ޓެލެގްރާމް ޗެނަލްގައި އިއުލާންކޮށްފައިވާއިރު، ހުދުކުލައިގެ ވޭނަކާ ދިމާއަށް ދެ ފުލުހަކު އޭނާ ގެންދިޔަ ފޮޓޯތަކެއްވެސް ވަނީ އާންމުކޮށްފައެވެ.
ނޫސްވެރިޔާ ހައްޔަރު ކުރިނަމަވެސް އޭނާގެ ވަކީލު ޑިމިޓްރީ ޒަޚްވަޓޯވް ބުނީ އޭނާ ހުރި ތަނެއް ނޭނގޭ ކަމަށެވެ.
ނަމަވެސް ނޫސްވެރިޔާ ހައްޔަރުކުރިތާ މާގިނަ އިރެއް ނުވެ މެރީނާ ވަނީ އޭނާގެ ފޭސްބުކް ޕޭޖުގައި އޭނާ އާއި އޭނާގެ ދެ ކުއްތާގެ ފޮޓޯއެއް އާންމުކޮށް އޭނާ ހައްޔަރުކުރިގޮތް ކިޔައިދީފައެވެ. އަދި ފުލުހުން ފަހުން އަެނާ ގެންދިޔައީ ރަޝިޔާގެ މިނިސްޓްރީ އޮފް އިންޓަރނަލް އެފެއާޒަށް ކަމަށްވެސް އޭނާ ހާމަކުރިއެވެ.
މެރީނާ ހައްޔަރު ކުރިތާ ތިން ގަޑިއިރު ފަހުން އޭނާ ދޫކޮށްލާފައި ވީނަމަވެސް މިއީ ނޫސްވެރިޔަކަށް ބިރުދައްކައި ނޫސްވެރިއަކު ހައްޔަރުކުރި ފުރަތަމަ ފަހަރެއްވެސް ނޫނެވެ. ރަޝިޔާއިން ޔުކްރެއިނު ހިފުމަށް ހަމަލާތައް ފެށުމާއިއެކު ރަޝިޔާގެ ސަރުކާރުން ދަނީ ނޫސްވެރިންނާއި އެކި މީޑިއާތައް ކޮންޓްރޯލް ކުރުމަަށް ބިރުދައްކަމުންނެވެ. އަދި ސަރުކާރާ ދެކޮޅު ވާހަކަތައް އާންމުކުރި އެތައް ނޫސްވެރިޔަކު ވަނީ ހައްޔަރުކޮަށްފައެވެ.

ކިޔުންތެރިންގެ ހިޔާލު