ސިންގަޕޫރުގައި މިހާރު ހުންނެވި ސްރީލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ 15 ދުވަސް ތެރޭގައި އެގައުމުން ފައިބާވަޑައިގަންނަވަން އަންގާފައިވާކަމަށް ބައެއް ރިޕޯޓްތައް ބުނެފިއެވެ.
މިދިޔަ ބުދަ ދުވަހު ރާއްޖެ ވަޑައިގަތުމަށްފަހު ގޮތަބަޔާ ސިންގަޕޫރަށް ވަޑައިގަތީ ބުރާސްފަތިދުވަހުއެވެ. އަދި ލަންކާގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވީ ހުކުރު ދުވަހުއެވެ.
ހަބަރުތައް ބުނާގޮތުން ގޮތަބަޔާއަށް ސިންގަޕޫރުގައި މަޑު ކުރެވެނީ 15 ދުވަހަށްކަމަށް އެ ގައުމުން ވަނީ އޭނާއަށް އަންގާފައެވެ. ނަމަވެސް މިގޮތަށް އެންގީ ކީއްވެކަމެއް ނޭނގެއެވެ.
ބައެއް ހަބަރުތައް ބުނާގޮތުން ގޮތަބަޔާ ވަނީ އިންޑިއާގެ ހިމާޔަތަށްވެސް އެދިވަޑައިގެން ފައެވެ. ނަމަވެސް ލަންކާ ރައްޔިތުންގެ ނުރުހުން އަމާޒުވާނެތީ އިންޑިއާއިން އޭނާއަށް ހިމާޔަތް ދޭން ވަނީ ދެކޮޅު ހަދާފައެވެ. ބައެއް ރިޕޯޓްތަައް ބުނާގޮތުން ގޮތަބަޔާ ސައުދީން ހިމާޔަތް ހޯއްދެވުމަކީވެސް އެކަށީގެންވާކަމެކެވެ.
ލަންކާގެ ރައީސްގެ މަގާމުން ގޮތަބަޔާ އިސްތިޢުފާދެއްވާފައިވާއިރު އެމަގާމަށް ވަގުތީ ގޮތުން ރަނިލް ވިކްރަމަސިންހަ ވަނީ އައްޔަންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު