ހުސްވެފައިވާ ސްތީލަންކާގެ ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވާ އެގައުމުގެ އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސާ ރައީސް ކަމަށް ވާދަނުކުރަށްވަން ނިންމަވައި އެކަން އިއުލާންކުރަށްވައިފިއެވެ.

ސަޖިތު މިފަދަ ނިންމުމެއް ނިންމާފައިވަނީ ވާދަވެރި ކެންޑިޑޭޓަކަށް ތާއީދު ކުރެއްވުމުގެ ގޮތުންނެވެ. އެގޮތުން އޭނާ ވަނީ މެމްބަރު ދުލާސް އަލަހަޕެރޫމާ މަގާމަށް ހޮވުމަށް ތާއީދު ކުރައްވާކަން ހާމަކޮމުރަށްވާފައެވެ.



"އަޅުގަނޑު ލޯބިވާ ގައުމަށާއި އަޅުގަނޑު ލޯބިވާ ރައްޔިތުންނަށްޓަކައި، ރައީސް ކަމުގެ މަގާމަށް ކުރިމަތިލާން ހުށައެޅި އަޅުގަނޑުގެ ނަން އަނބުރާ ނަގައިފިން،" ސަޖިތު ޓްވިޓާގައި ވިދާޅުވި އެވެ.

"އެސްޖޭބީ ޕާޓީއާއި ޕާޓީގެ އެކުވެރިންނާއި އިދިކޮޅު ބައިވެރިންވެސް ދުލާސް އަލަހައްޕެރޫމާ މަގާމަށް ގެނައުމަށް ބުރަކޮށް މަސައްކަތް ކުރާނަން،" ސަޖިތު ވިދާޅުވި އެވެ.

ދުއްލާސްގެ ނަން މަޖިލީހަށް ހުށަހަޅުއްވާފައިވަނީވެސް ސަޖިތެވެ. އަދި މިހުށައެޅުމަށް ތާއީދު ކުރެއްވީ ޖީ އެލް ޕީރިސް ޕާޓީއުން ތާއީދު ކުރެއްވި ކަމަށް ރިޕޯޓުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން