ލަންކާގައި އާރައީސަކަށް ރަނިލް ވިކްރަމަސިންހަ ހޮވިވަޑައިގެންފިއެވެ.



ރައީސް ކަމުގެ މަގާމަށް ރަނިލް ހޮވިވަޑައިގެންފައިވަނީ މިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވި ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާގެ ބަދަލުގައި އާ ރައީސަކު ހޮވުމަށް ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި މިއަދު ކުރިއަށްގެންދިޔަ އިންތިހާބުންނެވެ. 134 ވޯޓާއެކު ރަނިލް މި އިންތިހާބު ކާމިޔާބުކުރަށްފައިވަނީ ވެރިކަން ކުރާ ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ދުލާސް އަލަހައްޕެރޫމާ، އަދި ލެފްޓިސްޓް ޖަނަތާ ވިމުކްތީ ޕެރަމޫނާ ޕާޓީގެ ލީޑަރު އަނޫރާ ކުމާރާ ޑިސަނާޔަކާ ވާދަކުރަށްވައިގެންނެވެ.



ރައީސްގެ ދައުރު ނިމުމުގެ ކުރިން ރައީސްގެ މަގާމު ހުސްވެއްޖެ ނަމަ، ލަންކާގެ ގާނޫނު އަސާސީއިން ވަނީ ލަންކާގެ ރައްޔިތުންގެ މަޖިލީހުން އާ ރައީސަކު އިންތިހާބުކުރަން ބާރު ދީފައެވެ. އެގޮތުން މިއީ ލަންކާގެ ރައްޔިތުންގެ މަޖިލީހުން ދައުލަތުގެ ވެރިޔަކު ހޮވުމަށް ވޯޓު ދިން ދެވަނަ ފަހަރެވެ.

ރައީސް ކަމުގެ މަގާމަށް ރަނިލް ހޮވިވަޑައިގަތުމުގެ ކުރިން، ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ އިސްތިއުފާ ދެއްވުމާއެކު ރަނިލް ހުންނެނީ ވަގުތީ ރައީސެއްގެ ގޮތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން