ފާހިޝް އަމަލުތައް ހިންގާ މީހުން މުޖުތަމައުގެ ތެރެއަށް ދޫވެފައި ތިބުމަކީ ނުރައްކަލެއް ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހު ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ބަންގްލަދޭޝްގެ ފިރިހެނަކާއެކު އެއްޖިންސުން ގުޅުން ހިންގަނިކޮށް، އާންމުވި ވީޑިއޯތަކުގެ މައްސަލައަށް ނިސްބަތް ކުރައްވާ، އެކަންކަން ހިންގި މީހުންގެ މައްސަލަ ނުބަލާ ދޫކޮށް ނުލައްވާނެ ކަމަށާއި އެ މައްސަލައާ ގުޅިގެން ގާނޫނުގެ ތެރެއިން އެޅެން އޮތް ފިޔަވަޅެއް އަޅާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެ ކުރެއްވި ޓުވީޓަކަށް ތާއީދު ކުރައްވަމުން ޒައިދު މިއަދު ވިދާޅުވީ، އެއްޖިއްސުން ގުޅުން ހިންގި މީހުން ހިފައި ހައްޔަރުކޮށް ހައްގު އަދަބު ދޭންޖެހޭކަމަށާއި އެމީހުން މުޖުތަމަށް ދޫވެފައި ތިބުމަކީ ވަރަށް ބޮޑު ނުރައްކަލެއްކަމަށެވެ.
އަދި އެ ފަރާތްތަކަށް އަދަބު ނުދީ ނުހުންނަވާނެކަމަށް ވިދާޅުވުމުން، މިދަނޑިވަޅުގައި ހޯމް މިނިސްޓަރު އެފަދަ އުފާވެރި ހަބަރެއް ދެއްވުމަކީ ލިބޭ އުފަލެއްކަމަށް ޒައިދު ވިދާޅުވިއެވެ.
"ވަރަށް އުފާވެރި ހަބަރެއް! އެފާހިޝް ވިޔާނުދާ މީހުންނަށް ފިޔަވަޅު އެޅުން އަވަސް ކޮށްދެއްވާ. އެމީހުން މުޖުތަމައަށް ދޫވެފައި ތިބުމަކީ ނުކައްލެއް." ޝައިޚު ޢަލީ ޒައިދު ވިދާޅުވިއެވެ.
ލީކުކޮށްލާފައިވާ ބަދުއަހުލާގީ ވީޑިއޯތަކާ ފޮޓޯތަކުގެ މައްސަލާގައި ހިމެނޭ މީހުން ހައްޔަރު ނުކުރާތީއާއި، އަދި ޔޯގާ ދުވަހު ހިނގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ދީނީ ދެ އިލްމުވެރިން އަދިވެސް ދޫކޮށްލާފައި ނުވާތީ، ދީނީ އިލްމުވެރިންނާއި އާންމު ގިނަ ރައްޔިތުން ވެސް ނުރުހުން ފާޅުކުރަމުންދާއިރު އެ ނުރުހުން އަމާޒުވި އެއްބޭފުޅަކީ ހޯމް މިނިސްޓަރެވެ. ވިޑިއޯތަކުން ފެންނަ އެއް ޖިންސުން ގުޅުން ހިންގި ބިދޭސީ މީހާ މިހާރު ވަނީ ހައްޔަރު ކޮށްފައެވެ. ނަމަވެސް އޭނާ ހައްޔަރުކޮށްފައި ވަނީ އެހެން މައްސަލައެއްގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެއެވެ.

ލިވާތު ބާގައިގެ މީހުން ހައްޔަރު ނުކުރެވި ދާ ކޮންމެ ދުވަހަކީ ދިވެހި މުޖުތަމަޢަށް ކަމާބެހޭ ފަރާތްތަކުން ދޭ ބޮޑު ގެއްލުމެއް!
— Ali Zaid (@alizaid1000) July 20, 2022
ލީކުކޮށްލާފައިވާ ބަދުއަހުލާގީ ވީޑިއޯތަކާ ފޮޓޯތަކުގެ މައްސަލާގައި ހިމެނޭ މީހުން ހައްޔަރު ނުކުރާތީއާއި، އަދި ޔޯގާ ދުވަހު ހިނގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ދީނީ ދެ އިލްމުވެރިން އަދިވެސް ދޫކޮށްލާފައި ނުވާތީ، ދީނީ އިލްމުވެރިންނާއި އާންމު ގިނަ ރައްޔިތުން ވެސް ނުރުހުން ފާޅުކުރަމުންދާއިރު އެ ނުރުހުން އަމާޒުވި އެއްބޭފުޅަކީ ހޯމް މިނިސްޓަރެވެ. ވިޑިއޯތަކުން ފެންނަ އެއް ޖިންސުން ގުޅުން ހިންގި ބިދޭސީ މީހާ މިހާރު ވަނީ ހައްޔަރު ކޮށްފައެވެ. ނަމަވެސް އޭނާ ހައްޔަރުކޮށްފައި ވަނީ އެހެން މައްސަލައެއްގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު