އިންޓަނޭޝަނަލް ޔޯގާ ދުވަސް ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި ކުރިޔަށް ގެންދިޔަ ހަރަކާތަށް ހުރަސްއަޅާ ހަމަނުޖެހުން ހިންގި މައްސަލާގައި ހައްޔަރު ކުރި އިދިކޮޅު ޕީޕީއެމްގެ ކައުންސިލް މެންބަރު އިބްރާހިމް ރައްޒާން (ޓަކީ) ބަންދުން ދޫކޮށްލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.
އެ ދުވަހުގެ ހަމަނުޖެހުމާއި ގުޅިގެން ރައްޒާން ހައްޔަރުކުރުމަށްފަހު ކްރިމިނަލް ކޯޓަށް މުއްދަތު ޖަހަން ގެންދިޔުމުން 5 ދުވަހުގެ މުއްދަތެއް ޖަހައިދިނެވެ. ނަމަވެސް، ދެވަނަ ފަހަރަށް މުއްދަތު ޖަހަން ގެންދިޔުމުން ޝަރުތުތަކަކާއެކު އޭނާ ދޫކޮށްލަން އެ ކޯޓުންވަނީ އަމުރު ކޮށްފައެވެ. އެހެންކަމުން އެ މައްސަލަ ދައުލަތުން އޮތީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
ހައިކޯޓުން އެ މައްސަލަ ބެއްލެވުމަށްފަހު މިއަދު ކުރި ހުކުމުގާ ބުނެފައިވަނީ ރައްޒާން ފުރަތަމަ ބަންދުކުރަން އަމުރުކުރީ އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށް ކަމަށް ވާއިރު، ދެވަނަ ފަހަރު އޭނާ ބަންދުކުރަން އެދުނީ ވެސް އެ ރިޕޯޓަށް ބިނާކޮށްގެން ކަމަށެވެ. އެކަމަކު ހަމަނުޖެހުމުގައި ރައްޒާން ބައިވެރިވިކަން އެނގެން ނެތުމުން އޭނާގެ ސަބަބުން މުޖުތަމައަށް ނުރައްކަލެއް ފޯރާފާނެ ކަމަށް ބެލެވެން ނެތް ކަމަށެވެ. އެހެންކަމުން ޝަރުތުތަކަކާއެކު އޭނާ ދޫކޮށްލަން ދަށު ކޯޓުން ކުރި ހުކުމަށް ހައިކޯޓުންވަނީ ތާއީދު ކޮށްފައެވެ.
ޔޯގާ ހަރަކާތަށް ހުރަސްއަޅާ ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ރައްޒާންގެ އިތުރުން ވެސް ޕީޕީއެމްގެ އިސް ބޭފުޅެއްކަމަށްވާ މުޙައްމަދު އިސްމާޢީލާއި، ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިން ކަމަށްވާ ޝެއިޚް ފަޒްޟޫން އާއި ޝެއިޚް ނިޝާން ވެސް ވަނީ ހަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު