1328 ދުވަހަށްފަހު ރާއްޖޭގެ ފުޓްބޯޅައިގެ ރަސްގެފާނު، ނިއުރޭޑިއަންޓު ސްޕޯރޓްސް ކުލަބް ގަލޮޅު ދަނޑުގައި ކުޅުނު ފުރަތަމަ މެޗުން ބޮޑު މޮޅެއް ހޯދައިފިއެވެ.
ދެވަނަ ޑިވިޒަންގެ ފުޓްބޯޅަ މުބާރާތުގައި ނިއު ރޭ ބައްދަލު ކުރީ ލޮރެންޒޯ ސްޕޯޓްސް ކުލަބާއެވެ. މިމެޗުން ނިއު މޮޅުވީ 0-6 ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ. މިމެޗުގެ ފުރަތަމަ ހާފުގައި އެޓީމުން ވަނީ 5 ލަނޑު ކާމިޔާބުކޮށްފައެވެ. ފުރަތަމަ ހާފު ފަށައިގެން ނިމުމާއި ހަމައަށްވެސް މުޅި މެޗު ކޮންޓްރޯލްކޮށް މޮޅަށް ކުޅުނީ ނިއުއިންނެވެ. އެގޮތުން އެޓީމުން ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް، ނުރައްކާތެރި ގިނަ ހަމަލާތަކެއް ލޮރެންޒޯގެ ގޯލާއި އަމާޒުކޮށް ވަނީ ފޮނުވާލާފައެވެ.
މެޗްގެ 22 ވަނަ މިނެޓުގައި ގާނާގެ ފޯވާޑް ޓޮރކް ޖެބްރިން ވަނީ ގޯލެއް ޖަހައިދީ ނިއު އަށް ލީޑު ނަގައިދީފައެވެ. އެއަށްފަހު ނިއުގެ ދެވަނަ ލަނޑު 32 ވަނަ މިނެޓުގައި މުހައްމަދު ލިޔާހް ކާމިޔާބު ކޮށްދިނެވެ. އަދި އޭގެ 4 މިނެޓުފަހުން 3 ވަނަ ލަނޑު ކާމިޔާބު ކޮށްދިނީވެސް ޓޮރިކްއެވެ. ނިއުގެ ހަތަރުވަނަ ލަނޑު 43 ވަނަ މިނެޓުގައި ނިއުގެ ބިދޭސީ ފޯވާޑް ކޯފީ އޮވޫސޫ ކާމިޔާބުކުރިއިރު މިހާފުގައި އެޓީމުންޖެހި ފަހުލަނޑު އަދި މެޗުގެ ފަސްވަނަ ލަނޑު، އިތުރުވަގުތުގެ ތެރޭގައި ކާމިޔާބު ކޮށްދީ، ޓޮރިކް ވަނީ ހެޓްރިކް ހަދާފައެވެ.
ދެވަނަ ހާފުގައި ލޮރެންޒޯއިން ކުޅުން ރަނގަޅުކޮށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރިއެވެ. ނަމަވެސް އެއިން އެއްވެސް ފުރުސަތެއް ގޯލަކަށް ބަދަލު ކޮށްލެވިފައި ނުވަނީސް، ނިއުއިން މެޗްގެ 69 މިނެޓްގެ ތެރޭގައި އަލީ އަޒުމީ އިތުރު ލަނޑެއް ޖެހިއެވެ. އިތުރު ލަނޑެއް ނުފެނި މެޗް ނިމިގެން ދިޔައީ 6 – 0 އިން ނިއުއަށް ބޮޑު މޮޅެއް ލިބިގެންނެވެ.
ރޭގެ މެޗުން ފާހަގަވި އެންމެ މުހިންމު އެއްކަމަކީ ގަލޮޅު ދަނޑަށް ގޮސްތިބި ސަޕޯޓަރުންގެ އަދަދެވެ. ދަނޑުގެ ފަޅުކަން ފިލުވާލުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުންތަކެއް މެޗުބަލަން ދަނޑަށް ގޮސްތިބިއިރު މަޖީދީ މަގު ސިޑިބަރި ފަޅީގައި ނިއުގެ ސަޕޯޓަރުންނަށް ހާއްސަ ސަރަހައްދުގައި، ގިނަ އަދަދެއްގެ ސަޕޯޓަރުން ފޯރީގައި ސަޕޯޓުކުރަމުން ދިޔަކަން ފާހަގަކޮށްލެވެއެވެ. މިއީ ފަހަކަށް އައިސް ފުރަތަމަ ޑިވިޝަނުގެ މެޗުތަކުގައިވެސް ނުފެންނަ މަންޒަރެކެވެ.
ގަލޮޅު ދަނޑުގައި ނިއު އިން މި ބޮޑު މޮޅު ހޯދިއިރު އެޓީމުން އެންމެފަހުން ގަލޮޅު ދަނޑުގައި މެޗެއް ކުޅެފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު މާޒިޔާއާއި ދެކޮޅަށް ދިވެހި ޕްރިމިއަރ ލީގުގައެވެ.

ކިޔުންތެރިންގެ ހިޔާލު