ރަނިލް ވިކްރަމަސިންހަ ލަންކާގެ އަށްވަނަ ރައީސްކަމުގެ މަގާމަށް ހުވާ ކުރައްވައިފި އެވެ.
ހަ ފަހަރެއްގެ މަތިން ބޮޑުވަޒީރުކަން ކުރައްވާފައިވާ އުމުރުން 73 އަހަރުގެ ރަނިލް، ރައީސް ކަމުގެ ހުވާ ކުރެއްވީ މިއަދުގެ ހެނދުނުއެވެ. ރައީސްކަމުގެ މަގާމަށް ރަނިލް ހޮވިވަޑައިގެންފައިވަނީ އިއްޔެ ލަންކާގެ މަޖިލީހުގައި ނެގި ސިއްރުވޯޓަކުން 134 ވޯޓު ހޯއްދަވައިގެންނެވެ.
ނަމަވެސް އިއްޔެގެ އިންތިހާބު ރަނިލް ކާމިޔާބު ކުރެެއްވުމާއެކު ވިކްރަމަސިންހަ ރައީސް ކަމަށް ވަޑައިގަތުމާމެދު ދެކޮޅު ހަދާ އާންމުން ދަނީ މުޒާހަރާ ކުރަމުންނެވެ. މުޒާހަރާގެ ލީޑަރުން ދަނީ އާ ދައުލަތުގެ ވެރިޔާގެ މަގާމަށް ވިކްރަމަސިންހަ އައުން ބަލައިގަތުމަށް ދެކޮޅު ހަދައި، އެގައުމުގެ އިގްތިސާދީ އަދި ސިޔާސީ ހާލަތު ގޯސްވުމުގެ ޒިންމާ އެމަނިކުފާނު ނަގަން ޖެހޭނެކަމަށްވެސް ތުހުމަތު ކުރަމުންނެވެ.
އަދި ރާޖަޕަކްސާ އާއިލާއާއެކު ޑީލްތައް ހަދާފައިވާ ކަމަށް ވެސް މުޒާހަރާގެ ބައިވެރިން ދަނީ ރަނިލް އަށް ތުހުމަތުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު