ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ދިނޭޝް ގުނަވަރުދޭނާ ލަންކާގެ އާ ބޮޑުވަޒީރު ކަމުގެ ހުވާ ކުރައްވައިފިއެވެ.

ބޮޑުވަޒީރު ހުވާ ކުރުމުގެ ކުރިން ސަލާމަތީ ބާރުތަކުން ވަނީ ލަންކާގެ ވެރިކަންކުރާރަށް ކޮލަމްބޯގެ މައި ސިޓީގައި ހުންނަ ސަރުކާރުގެ ގޯތިތެރޭގައި ހުރި މުޒާހަރާ ކޭމްޕުތަކަށް ވަދެ، މުޒާހަރާގެ ބައިވެރިން ޖަހާފައިވާ ޓެންޓުތައް ރޫޅާލައި، ބާރުގެ ބޭނުންކޮށް މުޒާހަރާގެ ބައިވެރިން ފައްސާލާފައެވެ.

ގުނަވަރުދަނާ މަގާމުގެ ހުވާ ކުރެއްވީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި، ޔުނީފޯމް އަޅައިގެން ތިބި އަސްކަރީ އޮފިސަރުންނާއި، ރައީސް ވިކްރަމަސިންހަގެ ހާޒިރުގައެވެ.

އަދި އަންނަ ހުކުރު ދުވަހުގެ ވަގުތެއްގައި، އާ ކެބިނެޓްގެ ބާކީ ތިބި މީހުން ހުވާ ކުރައްވާނެ ކަމަށް ބެލެވޭކަމަށް ރިޕޯޓުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން