އިޓަލީވިލާތުގެ ބޮޑުވަޒީރު މާރިޔޯ ޑްރާގީ އިސްތިއުފާ ދެއްވައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުން ޑްރާގީ އިސްތިއުފާ ދެއްވީ ސަރުކާރު ކޯލިޝަންގެ ތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކަށް ހައްލެއް ގެނައުމަށް އޭނާ ކުރައްވަމުން ގެންދެވި މަސައްކަތްތަކަށް ކޯލިޝަންގެ މައި ތިން ބައިވެރިން ނޫނެކޭ ބުނެ ކޯލިޝަން ރޫޅާލުމާ ގުޅިގެނެވެ.

މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ޑްރާގީގެ ބަދަލުގައި އައު ބޭފުޅަކު އައްޔަން ކުރުމަށް އެ ގައުމުގައި ސެޕްޓެންބަރު މަހުގެ 25 ވަނަ ދުވަހު އިންތިހާބެއް ބާއްވަން މިހާރުވަނީ ހަމަޖެހިފައެވެ. އަދި، އައު ބޮޑުވަޒީރެއް އިންތިހާބު ކުރެވެންދެން އެ މަގާމު ވަގުތީ ގޮތުން ފުރުއްވުމަށް ރައީސް ސެރްޖިއޯ މައްޓެރެއްޔާ، ޑްރާގީއަށް އިރުޝާދު ދެއްވާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މިއީ އަހަރުގެ ފަހުކޮޅު އެ ގައުމުގައި އިންތިހާބެއް ބާއްވާ ފުރަތަމަ ފަހަރެވެ.

ޑްރާގީގެ ވެރިކަމުގައި އޭނާ ވަނީ އިޓަލީ ވިލާތަށް މާލީ ހަމަޖެހުން ގެނަސްދެއްވާފައެވެ. އަދި، ރަޝިޔާއިން ޔޫކްރެއިނަށް އަރައި ފަށާފައިވާ ހަނގުރާމައާ ގުޅިގެން ރަޝިޔާއާ ދެކޮޅަށް ވިލާތުގެ އިއްތިހާދު (އީޔޫ) އިން ނިންމާފައިވާ ނިންމުންތަކުގައި އޭނާގެ ދައުރު ވަރަށް ބޮޑެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން