ރަޝިޔާއިން އޮޑެސާއަށް ދިން ހަމަލާތަކުގެ ސަބަބުން، ދަނޑުގޮވާމުގެ ބާވަތްތައް ޓްރާންސްޕޯޓު ކުރުމުގެ އެއްބަސްވުމާ ބެހޭގޮތުން ރަޝިޔާ އަދި ޔުކްރެއިނާ ދެމެދު ހިނގަމުންދިޔަ މަޝްވަރާތައް، ހުއްޓި، ރަޝިޔާ އާއިއެކު އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ހަނިވެއްޖެކަމަށް ޔުކްރެއިނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

"ރަޝިޔާއިން އޮޑެސާއަށް، އަޅުގަނޑުމެންގެ ބަނދަރަށް ދިން މިސައިލް ހަމަލާއަކީ ސިނިކަލް ހަމަލާއެއް، އަދި އެއީ ޚުދު ރަޝިޔާގެ ސިޔާސީ މަގާމުތަކަށް ވެސް ލިބުނު ގެއްލުމެއް. ކޮންމެ މީހަކުވެސް އަދިވެސް ބުނަނީ ރަޝިޔާއާ އެކު ކޮންމެވެސް ވަރެއްގެ މަޝްވަރާއެއް ކުރަން ޖެހޭ ކަމަށް، ކޮންމެވެސް ވަރެއްގެ އެއްބަސްވުންތަކެއް ބޭނުންވާ ކަމަށް، ވެގެން އުޅޭ ގޮތް ބައްލަވާ." ޒެލެންސްކީ ވިދާޅުވި އެވެ.

ޔޫކްރޭންގެ ބަނދަރުތައް ރަޝިޔާއިން ބަންދު ކުރި ނަމަވެސް، ޔުކްރެއިނުގެ އެންމެ ބޮޑު ބަނދަރު އަދި ބްލެކްސީގެ އެންމެ ބޮޑު އެއް ބަނދަރު ކަމަށްވާ އޮޑެސާ ވަނީ ކިއެވްގެ ކޮންޓްރޯލްގެ ދަށުގައެވެ. ޔުކްރޭންގެ ބަނދަރު އޮޑެސާއަށް ރަޝިޔާގެ މިސައިލްތައް އަމާޒުވެގެންދިޔައީ، ބްލެކް ސީގެ ބަނދަރުތައް އަލުން ހުޅުވުމަށް ރަޝިޔާ އާއި ޔުކްރޭނުން އެއްބަސްވުމެއްގައި ސޮއިކުރިތާ އެއް ދުވަސް ފަހުންނެވެ.

ޔޫކްރޭންގެ ބްލެކްސީ ބަނދަރުތަކުން ދަނޑުވެރިކަމުގެ ބާވަތްތައް އެކްސްޕޯޓް ކުރުމުގެ ހުއްދަ ދިނުމަށް ރަޝިޔާ އާއި ޔޫކްރޭންގެ އޮފިޝަލުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. މިއެއްބަސްވުމާއިއެކު އދ އާއި އެހެން ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ވަނީ، ކާބޯތަކެއްޗަށް ޖެހުމުގެ ބިރު ކުޑަވެގެން ދާނެކަމަށް ގަބޫލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން