ހުއްޓުމެއް ނެތި ބޯކޮށް ވާރޭ ވެހި، އީރާނުގެ ބައެއް ސަރަހައްދުތަކުގައި ހިނގި ފެންބޮޑުވުމުގެ ހާދިސާއެއްގައި 22 މީހުން މަރުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވާ އިރާނުގެ ފާރްސް ޕްރޮވިންސްގެ ކާރިސާތަކާ ބެހޭ އޮފިޝަލް ބުނެފައިވަނީ، ފެންބޮޑުވުމާ ގުޅިގެން 22 މީހަކު މަރުވެފައިވާ ކަމަށާ، އޭގެ އިތުރުން އެކަކު ގެއްލިފައިވާ ކަމަށެވެ. އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން މަގުތަކުގައި ފެންބޮޑުވެ، ކާރުތަކުގެ ތެރޭގައި ބަންދުވި 55 މީހަކު ސަލާމަތް ކޮށްފައިވާ ކަމުގައި ވެސް އޭނާ ބުންޏެވެ.
ރިޕޯޓުތައް ބުނާގޮތުން، ވާރޭ ނުވެހި ގިނަ ދުވަސް ވުމުގެ ސަބަބުން އީރާނުގެ ބައެއް ސަރަހައްދުތައް އޮތީ ވަރަށް ބޮޑަށް ހަނަފަސް ވެފައެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި އެއް ސަބަބަކީ ބިމުގެ ފަސްގަނޑު ހަރުވެ ފެން ހިނދޭނެގޮތެއް ނެތުން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ އެސްތަބާން ކިޔާ ރަށަކަށެވެ. އެ ރަށުގެ ރުދްބާލް ކޯރު ފުރިގެން ބަންޑުންވުމުގެ ސަބަބުން ގިނަ ސަރަޙައްދުތަކެއްގައި ފެން ބޮޑުވިއެވެ.
2019 ވަނަ އަހަރު ވެސް އިރާނުގައި ފެންބޮޑުވުމުގެ ހާދިސާއެއް ހިނގިއެވެ. އެ ހާދިސާގައި 76 މީހަކު މަރުވިއެވެ.

ކިޔުންތެރިންގެ ހިޔާލު