ޖަޕާނުން ލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓާލުމަށް ލަންކާގެ މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހަ އެދިވަޑައިގެންނެވިކަން ވިކީލީކްސްއިން ފަޅާއަރުވާލައިފިއެވެ.
މިކަން ފަޅާއެރީ ވިކިލީކްސްއިން ލީކް ކޮށްލާފައިވާ ޖަޕާން ސަރުކާރާއި ރަނިލްއާއި ދެމެދު ދެކެވުނު ވާހަކަތަކެއް ހިމެނޭ ލިޔެކިއުން ތަކަކުންނެވެ. ވިކިލީކްއިން މި ލިޔުންތައް އާންމުކޮށްފައިވަނީ ލަންކާގެ ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ސިއްރު ވޯޓަކުން ރައީސް ކަމަށް ރަނިލް ވިކްރަމަސިންހަ އިންތިހާބު ކުރެއްވިތާ މާގިނައިރެއް ނުވަނީހެވެ.
ވިކިލީކްސް އިން ހިއްސާކުރި ލިޔުމުގައިވާ ގޮތުން 2007 ވަނަ އަހަރު އިދިކޮޅު ލީޑަރެއްގެ ގޮތުގައި ރަނިލް ވިކްރަމަސިންހަ ހުންނެވި އިރު ވަނީ ޖަޕާނުން ލަންކާއަށް ދެމުންދިޔަ އިގްތިސާދީ އެހީ މެދުކަނޑާލުމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް ޖަޕާނުން ވަނީ ރަނިލްގެ އެ އެދިވަޑައިގަތުމާ ދެކޮޅު ހަދާފައެވެ.
އެ ލިޔުމުން ހާމަވާ ގޮތުގައި ޖަޕާނުން ރައްދުގައި ބުނެފައި ވަނީ ލަންކާގެ ލީޑަރުން ކޮށްފައިވާ ޢަމަލުތަކަށް، ރައްޔިތުންނަށް އަދަބު ދީގެން ނުވާނެ ކަމަށެވެ.
ވިކިލީސް އިން ލީކް ކޮށްލާފައިވާ މިލިއުމަށް ރަނިލް ވެސް އަދި ރަނިލްގެ ސަރުކާރަކުން ވެސް އަދި ޖަވާބެއް ނުދެއެވެ.
އިޤްތިޞާދީ ހާލަތު ދަށްވެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނަށްޖެހި ދަރަނިވެރިވެފައިވާ ލަންކާގެ ރައްޔިތުން މަގުމައްޗަށް ނުކުމެ ގޮތަބަޔާ ރާޖްޕަކްސަ ވެރިކަމުން ދުރުކުރުމުން ގޮތަބަޔާގެ ޕާޓީގެ ތާއީދާއެކު ވެރިކަމަށް ވަޑައިގެންނެވި ރަނިލް ފުރަތަމަ އެޅުއްވި ފިޔަވަޅަކީ ބާރުގެ ބޭނުން ކޮށްގެން މުޒާހަރާތައް ހުއްޓުވައި ގިނަ ބަޔަކު ހައްޔަރު ކުރުމެވެ.
ރަނިލް އަކީ ގޮތަބަޔާގެ ހިޔަނީގައި ބޮޑުވަޒީރުކަމަށް ވަޑައިގެންނެވި ބޭފުޅަކަށްވާތީ ރައްޔިތުން ކުރިންވެސް ބުނެފައި ވަނީ ރަނިލްގެ ވެރިކަން ބަލައި ނުގަންނާނެ ކަމަށެވެ.

Newly elected President of Sri Lanka Ranil Wickremesinghe, then opposition leader, asked Japan to suspend economic assistance to Sri Lanka [2007] – Japan responded people should not be punished “for acts of commission and omission by their leaders” https://t.co/qc45S5DSfj pic.twitter.com/MjUTGdc8PX
— WikiLeaks (@wikileaks) July 23, 2022
ވިކިލީސް އިން ލީކް ކޮށްލާފައިވާ މިލިއުމަށް ރަނިލް ވެސް އަދި ރަނިލްގެ ސަރުކާރަކުން ވެސް އަދި ޖަވާބެއް ނުދެއެވެ.
އިޤްތިޞާދީ ހާލަތު ދަށްވެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނަށްޖެހި ދަރަނިވެރިވެފައިވާ ލަންކާގެ ރައްޔިތުން މަގުމައްޗަށް ނުކުމެ ގޮތަބަޔާ ރާޖްޕަކްސަ ވެރިކަމުން ދުރުކުރުމުން ގޮތަބަޔާގެ ޕާޓީގެ ތާއީދާއެކު ވެރިކަމަށް ވަޑައިގެންނެވި ރަނިލް ފުރަތަމަ އެޅުއްވި ފިޔަވަޅަކީ ބާރުގެ ބޭނުން ކޮށްގެން މުޒާހަރާތައް ހުއްޓުވައި ގިނަ ބަޔަކު ހައްޔަރު ކުރުމެވެ.
ރަނިލް އަކީ ގޮތަބަޔާގެ ހިޔަނީގައި ބޮޑުވަޒީރުކަމަށް ވަޑައިގެންނެވި ބޭފުޅަކަށްވާތީ ރައްޔިތުން ކުރިންވެސް ބުނެފައި ވަނީ ރަނިލްގެ ވެރިކަން ބަލައި ނުގަންނާނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު