މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މާދަމާ ދިވެހި ގައުމާ މުހާތަބު ކުރައްވާގޮތަށް ހަމަޖެހިއްޖެއެވެ.
ރާއްޖޭގެ 57 ވަނަ މިނިވަން ދުވަހާ ގުޅިގެން ސަރުކާރުން ރާވާފައިވާ ހަރަކާތްތަކުގެ ގޮތުގައި ހޯމް މިނިސްޓްރީން އިއުލާނުކުރި ކަންތައްތަކުގެ ތެރޭގައި، ރައީސް ޞާލިޙް ގައުމާ މުހާތަބު ކުރެއްވުން މާދަމާ ހެނދުނު 10:00 އަށްވަނީ ހިމަނާފައެވެ. އެމަނިކުފާނު ގައުމާ މުހާތަބު ކުރެއްވުން ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑާއި، ޓެލެވިޜަން މޯލްޑިވްސްއިން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ވެސް ބައެއް ހަރަކާތްތައް މާދަމާ ކުރިޔަށް ގެންދަންވަނީ ހަމަޖެހިފައެވެ. އެގޮތުން، މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާދަމާ ހެނދުނު 06:00 ގައި ދިދަނެގުމުގެ ރަސްމިއްޔާތު އޮންނާނެއެވެ. މާލޭގައި ދިދަނެގުމުގެ ރަސްމިއްޔާތު އޮންނާނީ ޖުމްހޫރީ މައިދާނުގައެވެ. މި ރަސްމިއްޔާތުގައި ރައީސް ޞާލިޙް ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.
ރަށްރަށުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނީ އެރަށެއްގައި ހުރި ސަރުކާރުގެ އެންމެ އިސް އިދާރާގައެވެ.

ކިޔުންތެރިންގެ ހިޔާލު