ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން މާލޭ ސަރަހައްދަށް ހާއްސަކުރެވިގެން ކުރިއަށްގެންދާ ގޯތި އަދި ފްލެޓަށް އެޕްލިކޭޝަން ހުށަހެޅުމާއި އެކަމާއި ގުޅޭ މައުލޫމާތު އާއްމުންނަށް ދިނުމަށް ހަރަކާތްތަކެއް ކުރިއަށް ގެންދަން ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ނިންމައިފިއެވެ.
އެމްޑީޕީން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެޕާޓީގެ އެންމެ އިސް އެއް ސިޔާސަތު ކަމުގައިވާ ރައްޔިތުން ގެދޮރުވެރި ކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން ސަރުކާރުން މާލޭ ސަރަހައްދަށް ހާއްސަ ކުރާ ގޯތި އަދި ފްލެޓްތަކަށް ފޯމް ހުށަހެޅުމަށް އެހީތެރިވެދިނުމަށް އާއްމު ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ހާއްސަ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިރެއިން ފެށިގެން ކޮންމެ ރެއެއްގެ 8:00 އިން 10:30 އަށް ޗާނދަނީ މަގުގައި ހުންނަ އެމްޑީޕީ ދަނޑިކޮށި ޖަގަހައިގައި ކަމަަށް އެ އިއުލާނުގައި ބުނެފައިވެއެވެ. އެމްޑީޕީން ބުނީ އެ ޕާޓީގެ އަމާޒަކީ މާލޭ ރަށްވެހިންގެ ތެރެއިން ވީހާވެސް ގިނަބަޔަކަށް ބޯހިޔާވަހި ކަމުގެ މި ޕްރޮގްރާމްގެ ނަފާ ލިބި މާލޭ ސަރަހައްދުން އަމިއްލަ ގޯއްޗާއި ފްލެޓް ލިބިގެން ދިއުން ކަމަަށެވެ.
ސަރުކާރުން ވަނީ މާލޭގެ ރައްޔިތުންނަށް 3،000 ގޯތި ދޫކުރަން ނިންމާ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. މިގޯތި ތައް ދޫކުރަނީ ހުޅުމާލެ އިންނާއި ގުޅީފަޅުންނާއި ގިރާވަރުފަޅު ހިއްކައިގެނެވެ. އެގޮތުން ހުޅުމާލެ އިން 1،000 ގޯތި ދޫކުރުމަށް ނިންމައިފައިވާއިރު ގުޅިފަޅުން 2،000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. އަދި ގިރާވަރު ފަޅު ހިއްކާ ނިމުމުން އެތަނުން ވެސް 2،000 ގޯތި ދޫކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު