މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލުން 2022 ވަނަ އަހަރުގެ ފިތުރު ޒަކާތް އަދި 2021 ވަނަ އަހަރުގެ މުދަލު ޒަކާތްވެސް އޭގެ ހައްގު ވެރިންނަށް ބަހާފަައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން މިހެން ބުނީ ރ. ދުވާފަރުގެ ބައެއް ކައުންސިލަރުންނާއި ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުން ގުޅިގެން ބޮޑު ހިޔާނާތެއް ހިންގާފައިވާ ކަމަށާ ހިޔާނާތްތެރިވި ފައިސާގެ ތެރޭގައި ޒަކާތުގެ ފައިސާވެސް ހިމެނޭ ކަމަށް ނޫސްތަކުގައި ރިޕޯޓުކުރުމާއި ގުޅިގެންނެވެ.
އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ ޒަކާތަކީ ދީނުގެ އެއް ރުކުނަށްވެފައި އަދި ދީނުގެ މަތިވެރި ޝިއާރަކަށް ވާތީ އެ މިނިސްޓްރީން އަބަދުވެސް އަންނަނީ ޒަކާތުގެ ކަންކަން ވަރަށް ރަނގަޅަށް ބަލަހައްޓާ މޮނިޓާ ކުރަމުން ކަމަށެވެ. އެގޮތުން ކައުންސިލް އިދާރާތައް މެދުވެރިކޮށް ކޮންމެ އަހަރަކު ފިތުރު އަދި މުދަލު ޒަކާތުގެ ފައިސާ އޭގެ ހައްގު ވެރިންނަށް ރައްދުކޮށްދިނުމުގެ މަސައްކަތް މިނިސްޓްރީން ކުރާއިރު ކައުންސިލްތައް މެދުވެރިކޮށް ކޮންމެ އަހަރަކު ޒަކާތް ބެހުމަށްފަހު އެ ފައިސާ ބެހިގޮތުގެ ރިޕޯޓްތައް ކައުންސިލްތަކުން ހޯދުމަކީ ހާއްސަ ސަމާލުކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ދުވާފަރު ކައުންސިލުން 2022 ވަނަ އަހަރުގެ ފިތުރު ޒަކާތް އަދި 2021 ވަނަ އަހަރުގެ މުދަލު ޒަކާތްވެސް އޭގެ ހައްގު ވެރިންނަށް ބެހުމަށްފަހު އެކަމުގެ ތަފްސީލު ހިމެނޭ ރިޕޯޓު މިނިސްޓްރީން އަންގާފައިވާ ތާރީހަށް ފޮނުވާފައިވާ ކަމަަށެވެ. އަދި މި ލިޔުންތަކަކީ ޒަކާތުގެ ހައްގުވެރިންނަށް ލިބެންޖެހޭ މިންވަރު ލިބުނުކަން މިނިސްޓްރީން ކަށަވަރުކޮށްފައިވާ ލިޔެކިޔުންތަކެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އަދި އިސްލާމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންނަަށް މި އަހަރުން ފެށިގެން މުދަލު ޒަކާތް އެ މީހެއްގެ އެކައުންޓަށް މިިނިސްޓްރީން ފައިސާ ޖަމާކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ ޒަކާތުގެ ފައިސާއާ މެދު އާންމުންގެ ހިތްތަކުގައި ޝައްކު އުފެދޭ ގޮތަށާއި އާންމު ރައްޔިތުން މިނިސްޓްރީއަށް ކުރާ އިތުބާރު ގެއްލޭފަދަ މޭރުމުން ހަބަރު ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ޒަކާތް ނެގުމާއި ބެހުމުގެ މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށް ހުރިހާ ކައުންސިލްތަކަށް އެ މިނިސްޓްރީން އަންގާފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު