މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ބަޔަކު އައްޔަންކޮށްފައި ނެތީތޯ ވިދާޅުވެ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު މާލޭ ސިޓީ ކައުންސިލާ ސުވާލު ކުރަށްވައިފިއެެވެ.

އިދިކޮޅު ޕީޕިއެމްގެ މެޖޯރިޓީ އޮންނަ މާލޭ ސިޓީކައުންސިލުން ބޮޑެތި މުސާރައަށް ގިނަ ވަޒީފާ ތަކެއް ވަނީ އުފައްދާފައެވެ. އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު ވިދާޅުވީ 30000 އިން މަތީގެ މުސާރައަކަށް ސިޓީކައުންސިލުން މީޑިޔާ ބަލަހައްޓާ މީހުންނާއި އެޑްވައިޒަރުންނާއި ސަހަރާތަކުގައި މަގާމުތަކެއް އުފައްދައިފައިވާ ކަމަށެވެ.





"ވަޒީފާތައް އިތުރުކުރާއިރު މާލޭގެ ޓްރެފިކަށް ހައްލެއް ހޯދުމަށް ބަޔަކު އައްޔަންކޮށްފައި ނެތީތޯ؟" މާލޭ ސިޓީކައުންސިލާއި މޭޔަރު ޑރ.މުހައްމަދު މުއިއްޒު ޓެގް ކުރަށްވައި މޫސަ ސުވާލު ކުރެއްވިއެވެ.

މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ބަޔަކު އައްޔަންކޮށްފައި ނެތީތޯ ވިދާޅުވެ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ސުވާލު ކުރަށްވާފައިވާއިރު މާލެސިޓީ ކައުންސިލުން ދާދިފަހުން ވަނީ “ސްޕެޝަލް ކޮންސްޓެބިއުލަރީ” ގެ ޚިދުމަތް އިފްތިތާހު ކޮށްފައެވެ.

އަންނަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހު ފަށާ މި ޚިދުމަތުގެ ދަށުން މަގުތަކުގެ ތަރުތީބު ސްޕެޝަލް ކޮންސްޓެބިއުލަރީ ފުލުހުން ބަލަހައްޓާ ގޮތަށް ވަނީ ނިންމާފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހޯދާ ސްޕެޝަލް ކޮންސްޓެބްލަރީ ޚިދުމަތަށް ބޭނުންވާ ބަޖެޓް ހަމަޖައްސާނީ މާލެ ސިޓީކައުންސިލުންނެވެ.



ކިޔުންތެރިންގެ ހިޔާލު