މާލެ ކައިރިން ޕިކްނިކް ދާ ރަށެއްގެ ގޮތުގައި ތަރައްގީކުރާ ކ. ކުޑަގިރީގައި ފެނަކަ އިން އިމާރާތް ކުރި އިންޖީނުގެ ހުޅުވައިފި އެވެ.

ފެނަކަ އިން ކުޑަގިރީގައި އިމާރާތްކުރި މި އިންޖީނުގެ މިއަދު ހުޅުއްވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ފެނަކަ އިން ބުނީ މިއީ 350 ކިލޯވޮޓްގެ ކަރަންޓު އުފެދޭނެ ކެޕޭސިޓީގައި، އެންމެ ޒަމާނީ ވަސީލަތްތަކާއި އެކު އިމާރާތް ކުރެވިފައިވާ އިންޖީނުގެއެއް ކަމަށެވެ. އަދި އިންޖީނުގެއާ އެކު 50،000 ލީޓަރުގެ ތެޔޮ ރައްކާކުރާ ވަސީލަތް ވެސް ގާއިމުކޮށްފައިވާ ކަމަށް ފެނަކައިން މައުލޫމާތުދެއެވެ.

ފެނަކައިން މިހާރު އަންނަނީ ކުޑަގިރިއަށް ބޭނުންވާ ކަރަންޓުގެ 70 ޕަސެންޓް އަވިން އުފެއްދޭނެ ވަސީލަތް ގާއިމްކުރުމުގެ މަސައްކަތް ވެސް ކުރަމުންނެެވެ.

ޕިކްނިކް އައިލޭންޑް މާދަމާ ހުޅުވަން ކުރިން ނިއްމައިފައި އޮތް ނަމަވެސް އެކަން މިހާރު ފަސްކޮށްފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު