އަހުމަދު މަސްނޫމް   25 ޖުލައި 2022 - 21:26
މާލެ ސަރަހައްދުން ދޫކުރާ ގޯތި އަދި ފްލެޓަށް އެޕްލިކޭޝަން ހުށަހެޅުމާއި އެކަމާއި ގުޅޭ މައުލޫމާތު އާއްމުންނަށް ދިނުމަށް ހަރަކާތްތަކެއް ކުރިއަށް ގެންދަން އެމްޑީޕީން ނިންމި ނިއްމުމަށް އުނގޫފާރު ދާއިރާގެ މެެމްބަރު މުހައްމަދު ވަހީދު ފާޑުވިދާޅުވުމުން ރައީސް އޮފީހުގެ ޕޮލިސީ ސެކްޓަރީ މުހައްމަދު ހަމްދާން އޭނާއަށް ނުސީދާ ރައްދެއް ދެއްވައިފިއެވެ.

އެމްޑީޕީން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެޕާޓީގެ އެންމެ އިސް އެއް ސިޔާސަތު ކަމުގައިވާ ރައްޔިތުން ގެދޮރުވެރި ކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން ސަރުކާރުން މާލޭ ސަރަހައްދަށް ހާއްސަ ކުރާ ގޯތި އަދި ފްލެޓްތަކަށް ފޯމް ހުށަހެޅުމަށް އެހީތެރިވެދިނުމަށް އާއްމު ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ހާއްސަ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އުނގޫފާރު ދާއިރާގެ މެެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ‏ސަރުކާރުން ރައްޔިތުންނަށް ހަމަހަމަކޮށް ފޯރުކޮށްދޭން ޖެހޭ ކަމެއްގެ ތެރެއަށް ޕާޓީގެ ‘ޖަގަހަތައް’ ވައްދައިގެން ނުވާނެ ކަމަށެވެ. އަދި އަލުން އަނެއްކާ ސޮދަގާތު ފައުންޑޭޝަނާ ރުމާލު2 ޖަގަހައިގެ ޒަމާން އިޔާދަ ނުކުރުމަށާއި އެމްޑީޕީ އެހާ ދަށަށް ވައްޓާނުލުމަށް ވައްޑެ ވަނީ ގޮވާލައްވާފައެވެ.

ވައްޑެއަށް ނުސީދާކޮށް ރައްދު ދެއްވަމުން ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ މުހައްމަދު ހަމްދާން ވަނީ ‏ޕާޓީން މިހާރު ރަނގަޅު އެއްކަމެއްވެސް ނުފެންނާނެތާ އޭ ވިދާޅުވެ ސުވާލެއް އުފައްދަވާފައެވެ.



"އެވަރިހަމަ މީގެކުރިން ހަމަ އެކަން އެގޮތަށް ކޮށްފަ އޮތް ނަމަވެސް." ވައްޑެ އަށް ނުސީދާކޮށް ރައްދު ދެއްވަމުން ހަމްދާން ވިދާޅުވިއެވެ.

ވައްޑެއަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ތާއިދު ކުރަށްވާ ބޭފުޅެކެެވެ. ނިމިދިޔަ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވައްޑެ ތާއިދު ކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އަށެވެ. ވައްޑެ އެމްޑީޕީގެ މިހާރުގެ ލީޑަރޝިޕަށް މިހާރު ފާޑުވިދާޅުވަނީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ފައްޔާޒު އިސްމާއިލް އިންތިޚާބުވުމުން ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.



ކިޔުންތެރިންގެ ހިޔާލު