ލަންކާގައި މިދިޔަ ހަފްތާގައި ކުރިއަށްދިޔަ މުޒާހަރާތަކުގެ ތެރެއިން ގައުމީ ޓީވީ ހިންގާ އިމާރާތަށް ވަދެ، ހަމަނުޖެހުން ހިންގި ބަޔަކު އެ ގައުމުން ފިލަން އުޅެނިކޮށް ހައްޔަރުކޮށްފިއެވެ.
ލަންކާގެ މީޑިއާތަކުން ބުނާގޮތުން ގައުމީ ޓީވީއަށް ގަދަކަމުން ވަނތް މީހުންގެ ތެރޭގައި އިސްކޮށް އުޅުނު ދާނިޒް އަލީ ނަމަކަށް ކިޔާ މީހަކު ވަނީ މިރޭ ދުބާއީއަށް ފުރަން އުޅެނިކޮށް ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފްލައިޓުގައި ފުރަން ތައްޔާރުވެގެންއިންދައެވެ.
ހަބަރުތައް ބުނާގޮތުން ދާނިޒްގެ އިތުރުން އެހެން ބަޔަކުވެސް ވަނީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައެވެ.
ލަންކާގައި ކުރިއަށްދިޔަ މުޒާހަރާތަކުގެ ތެރެއިން ގައުމީ ޓީވީއަށް ވަދެ ހަމަނުޖެހުން ހިންގީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އެ ދުވަހު އެތަނަށް ވަނތް މީހުން ވަނީ އެ ޓީވީ ޗެނަލްގެ މުވައްޒަފުންނަށް ބިރުދައްކާ މަޖުބޫރުކޮށްގެން ޓީވީން ކުރިއަށްދިޔަ ޓެލެކާސްޓް ހުއްޓުވާފައެވެ. އަދި އެތަނަށް ވަނތް މީހުން ވަނީ ސްޓޫޑިއޯތަކަށް ވަދެ، ލައިވް ޓީވީގައި އެ މީހުން ބޭނުންވާ ވާހަކަތައް ދައްކާފައެވެ.

#GotaGoGama activist Dhaniz Ali, who forcibly entered the Sri Lanka Rupavahini Corporation on 13th July, was arrested at the BIA while attempting to leave the country. #SriLanka #Aragalaya pic.twitter.com/Wg3ApNLv3c
— Easwaran Rutnam (@easwaranrutnam) July 26, 2022
ހަބަރުތައް ބުނާގޮތުން ދާނިޒްގެ އިތުރުން އެހެން ބަޔަކުވެސް ވަނީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައެވެ.
ލަންކާގައި ކުރިއަށްދިޔަ މުޒާހަރާތަކުގެ ތެރެއިން ގައުމީ ޓީވީއަށް ވަދެ ހަމަނުޖެހުން ހިންގީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އެ ދުވަހު އެތަނަށް ވަނތް މީހުން ވަނީ އެ ޓީވީ ޗެނަލްގެ މުވައްޒަފުންނަށް ބިރުދައްކާ މަޖުބޫރުކޮށްގެން ޓީވީން ކުރިއަށްދިޔަ ޓެލެކާސްޓް ހުއްޓުވާފައެވެ. އަދި އެތަނަށް ވަނތް މީހުން ވަނީ ސްޓޫޑިއޯތަކަށް ވަދެ، ލައިވް ޓީވީގައި އެ މީހުން ބޭނުންވާ ވާހަކަތައް ދައްކާފައެވެ.
ކިޔުންތެރިންގެ ހިޔާލު