އަންނަމަހު ބޭއްވުމަށް ހަމަޖެހިފައިވާ ކެންޔާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެންމެ ވާދަވެރި ދެ ކެނޑިޑޭޓުންގެ މެދުގައި ބާއްވަން ހަމަޖެއްސި ބަހުސް އެންމެ ކެނޑިޑޭޓްއަކާއެކީ ކުރިއަށްގެންގޮސްފިއެވެ.
މިއިންތިޚާބުގައި އެންމެ ވާދަވެރިކޮށް އުޅުއްވަނީ މިހާރުގެ ނާއިބު ރައީސް ވިލިއަމް ރޫޓޯއާއި ކުރީގެ މިނިސްޓަރ ރައިލާ އޮޑިންގާއެވެ.
ނަމަވެސް މި ދެ ބޭފުޅުންގެ މެދުގައި އަންގާރަދުވަހު ބޭއްވުމަށް ހަމަޖެހުނު ބަހުސްގައި އޮޑިންގާ ބައިވެރިއެެއް ނުވެއެވެ. އެހެންކަމުން ބަހުސް ކުރިއަށްދިޔައީ ރޫޓޯއާއެކު އެކަންޏެވެ.
އޮޑިންގާގެ ކެމްޕެއިން ްޓީމުން ބުނީ ބަހުސް ބޮއިކަޓްކުރީ ރޫޓޯ ބަހުސަށް ނުފޫޒު ފޯރުވައި، ސުވާލުތަކަށް ބަދަލު ގެންނަން މަސައްކަތްކުރިކަން ޔަގީންވުމުން ކަމަށެވެ. އެގޮތުން ކޮރަޕްޝަނާއި އެހެނިހެން ބައެއް ދާއިރާތަކުން ސުވާލު ނުކުރުމަށް މިހާރު ނާއިބު ރައީސްކަމުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ރޫޓޯގެ ބަހުސް އިންތިޒާމްކުރާ ފަރާތުން ޑިމާންޑްކުރިކަމަށް އޮޑިންގާގެ ކެމްޕެއިން ޓީމުން ތުހުމަތުކުރެއެވެ. ނަމަވެސް އަންގާރަ ދުވަހު ބޭއްވި ބަހުސްގައި ވާހަކަދައްކަވަމުން ރޫޓޯ ވިދާޅުވީ އޭނާގެ ވާދަވެރިޔާ ބަހުސްގައި ވާދަނުކުރީ ޕްލޭނެއް އެޖެންޑާއެއް ނެތުމުންކަމަށެވެ.
ރިޔާސީ ބަހުސްގައި ބައިވެރިވުމުގެ ބަދަލުގައި އޮޑިންގާ މިހާރު ނިންމާފައި ވަނީ ލައިވްކޮށް ޓީވީން ދައްކާ ޓައުން ހޯލް ބައްދަލުވުމެއް ކެންޔާގެ ވެރިރަށް ނައިރޯބީގައި ބޭއްވުމަށެވެ.
މިދިޔަ 9 އަހަރު ވެރިކަންކުރި ކެންޔާގެ މިހާރުގެ ރައީސް އުހުރު ކެންޔާޓާއަށް އިތުރު ދައުރަކަށް ވާދައެއް ނުކުރައްވެއެވެ. ރައީސް ކެންޔާޓާގެ ނާއިބަކަށް ހުންނެވި ރޫޓޯ އިންތިހާބުގައި ވާދަކުރެއްވިނަމަވެސް އޭނާގެ ތާއީދު އޮތީ އޮޑިންގާއަށެވެ.

Can you debate by yourself? 🤔
— Al Jazeera English (@AJEnglish) July 27, 2022
A presidential TV debate went ahead in Kenya with just one candidate after his rival pulled out. pic.twitter.com/AdoepyMnLq
އޮޑިންގާގެ ކެމްޕެއިން ްޓީމުން ބުނީ ބަހުސް ބޮއިކަޓްކުރީ ރޫޓޯ ބަހުސަށް ނުފޫޒު ފޯރުވައި، ސުވާލުތަކަށް ބަދަލު ގެންނަން މަސައްކަތްކުރިކަން ޔަގީންވުމުން ކަމަށެވެ. އެގޮތުން ކޮރަޕްޝަނާއި އެހެނިހެން ބައެއް ދާއިރާތަކުން ސުވާލު ނުކުރުމަށް މިހާރު ނާއިބު ރައީސްކަމުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ރޫޓޯގެ ބަހުސް އިންތިޒާމްކުރާ ފަރާތުން ޑިމާންޑްކުރިކަމަށް އޮޑިންގާގެ ކެމްޕެއިން ޓީމުން ތުހުމަތުކުރެއެވެ. ނަމަވެސް އަންގާރަ ދުވަހު ބޭއްވި ބަހުސްގައި ވާހަކަދައްކަވަމުން ރޫޓޯ ވިދާޅުވީ އޭނާގެ ވާދަވެރިޔާ ބަހުސްގައި ވާދަނުކުރީ ޕްލޭނެއް އެޖެންޑާއެއް ނެތުމުންކަމަށެވެ.
ރިޔާސީ ބަހުސްގައި ބައިވެރިވުމުގެ ބަދަލުގައި އޮޑިންގާ މިހާރު ނިންމާފައި ވަނީ ލައިވްކޮށް ޓީވީން ދައްކާ ޓައުން ހޯލް ބައްދަލުވުމެއް ކެންޔާގެ ވެރިރަށް ނައިރޯބީގައި ބޭއްވުމަށެވެ.
މިދިޔަ 9 އަހަރު ވެރިކަންކުރި ކެންޔާގެ މިހާރުގެ ރައީސް އުހުރު ކެންޔާޓާއަށް އިތުރު ދައުރަކަށް ވާދައެއް ނުކުރައްވެއެވެ. ރައީސް ކެންޔާޓާގެ ނާއިބަކަށް ހުންނެވި ރޫޓޯ އިންތިހާބުގައި ވާދަކުރެއްވިނަމަވެސް އޭނާގެ ތާއީދު އޮތީ އޮޑިންގާއަށެވެ.
ކިޔުންތެރިންގެ ހިޔާލު