ސްޕެއިންގެ ލަލީގާގެ ސެވިއްޔާއަށް ކުޅެމުން އަންނަ ހުނަރުވެރި ޑިފެންޑަރު ޖޫލިއަސް ކައުންޑޭ ބާސެލޯނާއަށް ބަދަލުވުމާއި ގުޅޭގޮތުން އެއްބަސްވުމަކަށް އައިސްފައިވާކަމަށް ހަބަރުތައް ބުނެފިއެވެ.
ސްޕެއިންގެ ނޫސްތަކުން ބުނާގޮތުން ކުރިއަށް އޮތް މަދު ގަޑިއިރުތަކެއްގެ ތެރޭގައި 23 އަހަރުގެ ކައުންޑޭ ބާސެލޯނާއަށް ބަދަލުވިކަން ރަސްމީކޮށް އިއުލާންކުރާނެއެވެ.
ހަބަރުތައް ބުނާގޮތުން ކައުންޑޭ ހޯދުމަށް ބާސެލޯނާއިން ސެވިއްޔާއަށް 50 މިލިއަން ޔޫރޯ ދައްކާނެއެވެ. މީގެއިތުރުން ބޯނަސްގެ ގޮތުގައި 10 މިލިއަން ޔޫރޯ ހިމެނުމާއި ގުޅޭ މަޝްވަރާތައްވެސް ކުރިއަށްދެއެވެ.
ބާސެލޯނާއިން ކައުންޑޭ ހޯދުމުގެ މަޝްވަރާތައް ސެވިއްޔާއާއެކު ފަށާފައިވަނީ މިދިޔަ ހޯމަދުވަހުއެވެ. އޭގެކުރިން ޕްރިމިއާރ ލީގުގެ ޗެލްސީންވެސް ކައުންޑޭ ހޯދުމަށް މަސައްކަތްކޮށްފައި ވެއެވެ.
ހަބަރުތައް ބުނާގޮތުން ކައުންޑޭއަކީ ފެށޭ ސީޒަނުގައި ބާސެލޯނާގެ ޑިފެންސް ވަރުގަދަކުރުމަށް ކޯޗު ޗަވިީ ހެނާންޑޭސް ބޭނުންވި ކުޅުންތެރިއެކެވެ. މިދިޔަ ސީޒަނުގައި ހުސް އަތާ ނިންމާލި ބާސެލޯނާއިން ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ވަނީ ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ގެނެސްފައެވެ. އޭގެތެރޭގައި ބަޔާންގެ ފޯވާޑް ލެވަންޑޮވްސްކީ، ލީޑްސް ޔުނައިޓެޑްގެ ފޯވާޑް ރަފީނިއާ، ޗެލްސީގެ ޑިފެންޑަރު ކްރިސްޓެންސަން އަދި އޭސީ މިލާންގެ މިޑްފީލްޑަރު ކެސީ ހިމެނެއެވެ.

Jules Koundé to Barcelona, here we go! Verbal agreement now in place with Sevilla after the long saga and further negotiations today, waiting to get it signed soon. 🚨🔵🔴 #FCB
— Fabrizio Romano (@FabrizioRomano) July 27, 2022
Jules Koundé agreed personal terms with Barça last weekend, contract ready. Xavi, key factor again. pic.twitter.com/eX2jeVPheF
ބާސެލޯނާއިން ކައުންޑޭ ހޯދުމުގެ މަޝްވަރާތައް ސެވިއްޔާއާއެކު ފަށާފައިވަނީ މިދިޔަ ހޯމަދުވަހުއެވެ. އޭގެކުރިން ޕްރިމިއާރ ލީގުގެ ޗެލްސީންވެސް ކައުންޑޭ ހޯދުމަށް މަސައްކަތްކޮށްފައި ވެއެވެ.
ހަބަރުތައް ބުނާގޮތުން ކައުންޑޭއަކީ ފެށޭ ސީޒަނުގައި ބާސެލޯނާގެ ޑިފެންސް ވަރުގަދަކުރުމަށް ކޯޗު ޗަވިީ ހެނާންޑޭސް ބޭނުންވި ކުޅުންތެރިއެކެވެ. މިދިޔަ ސީޒަނުގައި ހުސް އަތާ ނިންމާލި ބާސެލޯނާއިން ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ވަނީ ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ގެނެސްފައެވެ. އޭގެތެރޭގައި ބަޔާންގެ ފޯވާޑް ލެވަންޑޮވްސްކީ، ލީޑްސް ޔުނައިޓެޑްގެ ފޯވާޑް ރަފީނިއާ، ޗެލްސީގެ ޑިފެންޑަރު ކްރިސްޓެންސަން އަދި އޭސީ މިލާންގެ މިޑްފީލްޑަރު ކެސީ ހިމެނެއެވެ.
ކިޔުންތެރިންގެ ހިޔާލު