ގުގުރާ، ވިދާ، ހޮނުއެޅުމުގެ ސަބަބުން އިންޑިއާގެ އަށް ސަރަހައްދަކުން، 24 ގަޑިއިރު ތެރޭގައި 20 މީހަކު މަރުވެއްޖެއެވެ.

މިހާދިސާއާއެކު މޫސުން އިތުރަށް ގޯސްވެ އިންޑިއާގެ އިރުމަތީ ސްޓޭޓެއް ކަމަށް ބިހާރަށް ގުގުރުމާއެކު މިއަދާއި މާދަމާވެސް އެކި ސަރަހައްދުތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށް މޫސުމާބެހޭ އިދާރާތަކުން ވަނީ ލަފާކޮށްފައެވެ. މޫސުމަށް ސަމާލުވުމަަށް އާންމުންގެ ކިބައިން އެދިފައިވާއިރު، ހޮނުއެޅުމުގެ ސަބަބުން މަރުވި މީހުންގެ އާއިލާތަކަށް ހަތަރު ލައްކަ ރުޕީސް ދިނުމަށްވެސް އިންޑިއާ ސަރުކާރުން ވަނީ ނިންމާފައެވެ.

އިންޑިއާގައި ވިއްސާރަ މޫސުމާއެކު ގުގުރާ، ވިދާ، ހޮނުއެޅުމުގެ ސަބަބުން ކޮންމެ އަހަރަކުވެސް އެތައް ސަތޭކަ ބަޔަކު މަރުވެއެވެ.

ބައެއް ރިޕޯޓްތަކުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2019 ވަނަ އަހަރު ހިނގާދިޔަ މިފަދަ ހާދިސާތަކުގެ ސަބަބުން ގާތްގަނޑަކަށް 3000 މީހުން އިންޑިއާގައި މަރުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން