މަންކީޕޮކްސް ގިނަވެ އެމެރިކާގެ ސެން ފްރެންސިސްކޯ ސިޓީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިއެވެ.
މިކަން އިއުލާންކޮށްފައިވަނީ އެސިޓީގެ މޭޔަރ، ލަންޑަން ބްރީޑްގެ އޮފީހުން ނެރުނު ބަޔާނެއްގައެވެ. އެބަޔާނުގައި ބުނެފައި ވަނީ ހޯމަ ދުވަހުން ފެށިގެން ކުއްލި ނުރައްކަލުގެ ހާލަތައް އަމަލުކުރަން ފަށާނެކަމަށެވެ. އަދި މިފަދަ ފިޔަވަޅެއް އެޅުމުގެ ސަބަބުން މަންކީޕޮކްސް ކޮންޓްރޯލްކޮށް މިބަލިމަޑުކަމަަށް އިޖާބަ ދޭން ވާންޖެހޭ ތައްޔާރީތަކާއި ހަރުދަނާކޮށް، ލިބިފައިވާ ވަސީލަތްތައް އަވަހަށް ބޭނުން ކުރަން ފަށާނެ ކަމަށްވެސް މިބަޔާނުގައިވެއެވެ.
ސެން ފްރެންސިސްކޯގެ ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ތަފާސް ހިސާބަށް ބަލާއިރު އެސިޓީން އެކަނިވެސް 260 އަށް ވުރެ ގިނަ މީހުންނަށް ވަނީ މަކުނުވިދުރި ޖެހިފައެވެ. އެގޮތުން މިއީ ސެން ފްރެންސިސްކޯ ނިސްބަތްވާ ކެލިފޯނިއާ ސްޓޭޓްގައި މަންކީޕޮކްސް ޖެހުނު ގާތްގަނޑަކަށް 800 މީހުންގެ ތެރެއިން ތިންބައިކުޅަ އެއްބައެވެ.
ސެން ފްރެންސިސްކޯ ނިސްބަތްވާ ކެލިފޯނިއާ ސްޓޭޓްގެ އިތުރުން އެމެރިކާގެ 45 ސްޓޭޓަކުން، 3500 އަށްވުރެއް ގިނަ މަންކީޕޮކްސް ކޭސް ވަނީ މިހާތަނަށް ރިޕޯޓުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު