ޤަތަރާއި މެދުއިރުމަތީގެ އެހެން ބައެއް ޤައުމުތަކަށް ބޯކޮށް ވާރޭވެހި، ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެއްޖެއެވެ.
ޤަތަރާއި މެދުއިރުމަތީގެ އެހެން ބައެއް ޤައުމުތަކަށް ބުދަ ދުވަހާއި ބުރާސްފަތިދުވަހުން ފެށިގެން ބޯކޮށް ވާރޭވެހިފައިވާއިރު، ހޫނު މޫސުން ދިމާވާ ޖުލައިމަހު އެ ސަރަހައްދަށް ވާރޭ ވެހުމަކީ ވަރަށް މަދުން ނޫނީ ނުވާކަމެކެވެ. މަދު ފަހަރެއްގައި އޮމާން އާއި ޔަމަނަށް ޖުލައިމަހު ވާރެވެހުނަސް ފަހުގެ ތާރީހެއްގައި ޖުލައިމަހެއްގައި ޤަތަރަށް ވާރޭވެހިފައެއް ނުވެއެވެ.
ޤަތަރުގެ ކަމާއިބެހޭ ފަރާތްތަކުން ބުނާގޮތުން ބުރާސްފަތިދުވަހުގެ ހެނދުނުން ފެށިގެން ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހެމުންދާއިރު، ބައެއް ސަރަަހައްދުތަކުގައި ފެންބޮޑުވެފައިވާކަމަށެެވެ. އަދި ކުރިއަށް އޮތާ ހަފްތާއެއްހާ ދުވަހު މޫސުން ގޯސްވާނެކަމަށްވެސް ކަމާއިބެހޭ ފަރާތްތަކުން ލަފާކުރެއެވެ.
އާއްމުގޮތެއްގައި ޖުލައިމަހަކީ ހޫނު ގަދަ ދުވަސްވަރެކެެވެ. ނަމަވެސް ޤަތަރުގެ އިތުރުން ޔުއޭއީއަށްވެސް ބުދަދުވަހުން ފެށިގެން އަންނަނީ ބޯކޮށް ވާރޭވެހެމުންނެވެ. އަދި މިކަމުގެ ސަބަބުން ބައެއް ސަރަހަދުތަކުގެ ގެތަކުގައި ތިބި މީހުން ތާށިވެފައި ތިބުމުގެ ސަބަބުން ސަލާމަތީ ހިދުމަތްތަކުން އެހީތެރިކަން ފޯރުކޮށްދޭންވެސް ޖެހުނެވެ. މީގެއިތުރުން ވިއްސާރައިގެ ސަބަބުން ގެދޮރަށް އަސަރުކުރި މީޙުންނަށް ވަނީ ހޮޓާތަކުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.
ހަބަރުތައް ބުނާގޮތުން އީރާނަށްވެސް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ކުރިމަތވި ހާދިސާތަކުގައި މިދިޔަ ހޮނިހިރުދުވަހު 22 މީހަކު ވަނީ މަރުވެފައެވެ.

🌊 Floods in Qatar!
— Doha News (@dohanews) July 28, 2022
🌧️ As rain scatters across the region, watch this video as floods appear along the Doha corniche. pic.twitter.com/yLKK1zvxhf
އާއްމުގޮތެއްގައި ޖުލައިމަހަކީ ހޫނު ގަދަ ދުވަސްވަރެކެެވެ. ނަމަވެސް ޤަތަރުގެ އިތުރުން ޔުއޭއީއަށްވެސް ބުދަދުވަހުން ފެށިގެން އަންނަނީ ބޯކޮށް ވާރޭވެހެމުންނެވެ. އަދި މިކަމުގެ ސަބަބުން ބައެއް ސަރަހަދުތަކުގެ ގެތަކުގައި ތިބި މީހުން ތާށިވެފައި ތިބުމުގެ ސަބަބުން ސަލާމަތީ ހިދުމަތްތަކުން އެހީތެރިކަން ފޯރުކޮށްދޭންވެސް ޖެހުނެވެ. މީގެއިތުރުން ވިއްސާރައިގެ ސަބަބުން ގެދޮރަށް އަސަރުކުރި މީޙުންނަށް ވަނީ ހޮޓާތަކުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.
ހަބަރުތައް ބުނާގޮތުން އީރާނަށްވެސް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ކުރިމަތވި ހާދިސާތަކުގައި މިދިޔަ ހޮނިހިރުދުވަހު 22 މީހަކު ވަނީ މަރުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު