މަންކީ ޕޮކްސް ޖެހިގެން މީހަކު މަރުވެފައިވާކަމަށް ބްރެޒިލްގެ ހެލްތު މިނިސްޓްރީން ހުކުރު ދުވަހު ރިޕޯޓުކޮށްފިއެވެ. މިއީ އެފްރިކާ ބައްރުން ބޭރުގައި މަންކީ ޕޮކްސް ޖެހިގެން މަރުވި ފުރަތަމަ މީހާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މަންކީޕޮކްސް ޖެހިގެން މަރުވެފައިވަނީ ބްރެޒިލްގެ 41 އަހަރުގެ މީހެކެވެ. އޭނާ ވަނީ މަންކީޕޮކްސް ޖެހުމުގެ ކުރިން ލިމްފޯމާ ޖެހި، ދިފާއީ ނިޒާމުވެސް ބަލިކަށިވެފައިވާ މީހެއްކަމަަށް ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ. ބްރެޒިލްގެ މި މީހާ މަރުވެެފައިވަނީ ސެޕްޓިކް ޝޮކެއް ޖެހިގެން ހުކުރު ދުވަހު އެވެ.

ޕޭން އެމެރިކަން ހެލްތު އޯގަނައިޒޭޝަން (ޕީއޭއެޗްއޯ) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ގޮތުގައި އެމެރިކާ ސަރަހައްދުގައި މަންކީޕޮކްސް ޖެހިގެން އެންމެ ގިނައިން ރިޕޯޓުކުރާ ގައުމުތަކުގެ ތެރޭގައި ބްރެޒިލް ހިމެނެ އެވެ.

ބްރެޒިލްގެ ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބަށް ބަލާއިރު، ބްރެޒިލްގައި 1،066 މީހުން މަންކީޕޮކްސް އަށް ފައްސިވެފައިވާއިރު، ބައްޔަށް ޝައްކުކުރެވޭ 513 މީހުން ފާހަގަ ކުރެވިފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން