ނާޒީންގެ ލީޑަރު އެޑޮލްފް ހިޓްލަރުގެ ގަޑިއެއް ކަމަށް ބުނާ ގަޑިއެއް އެމެރިކާގައި ބޭއްވި ނީލަމެއްގައި 1.1 މިލިއަން ޑޮލަރަށް ވިއްކާލައިފިއެވެ.



ނަން ހާމަކުރަން ބޭނުންނުވި ފަރާތަކަށް ވިއްކާލި ހޫބަރ ބްރޭންޑުގެ މިގަޑީގައި ސްވަސްޓިކާއެއް ފެންނައިރު އޭގައި އެޑޮލްފް ހިޓްލަރުގެ ނަމުގެ ފުރަތަމަ އަކުރު، އޭ އެޗް، ޖަހާފައިވެއެވެ.

މި ގަޑީގެ ޕްރޮޑަކްޓް ކެޓަލަގުގައި ހާމަކޮށްފައިވާގޮތުގައި މިއީ ހިޓިލަރުު ޖަރުމަނުގެ ޗާންސެލަރަކަށް ވެވަޑައިގެންނެވި އަހަރު ކަމަށްވާ 1933 ވަނަ އަހަރު، އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ދިން ގަޑިއެއް ކަމަށް ބެލެވޭކަމަށެވެ. އަދި ނީލަން ކިޔާ ތަނުން ކުރި އެސެސްމަންޓެއްގައި ބުނެފައިވަނީ މި ގަޑި އަކީ 1945 ވަނަ އަހަރުގެ މެއި މަހު ހިޓްލަރުގެ ގެއަކަށް ފްރާންސްގެ 30 އެއްހާ ސިފައިން ވަދެ، ހަނދާނީ އެއްޗެއްގެ ގޮތުގައި އެގެއިން ނެގި ގަޑިއެއްކަމަށެވެ.

މިގަޑި އެލެގްޒެންޑަރ ހީސްޓޯރިކަލް އޮކްޝަންސްގައި ނީލަން ކިޔުމުގެ ކުރިން ޔަހޫދީންގެ ލީޑަރުން ވަނީ އެގަޑި ނުވިއްކަން ބުނެ ނީލަން ކިއުން ކުށްވެރިކޮށްފަ އެވެ. ނަމަވެސް މީގެ ކުރިންވެސް ނާޒީންގެ ހަނދާނީ ތަކެތި ވިއްކާފައިވާ އެ ނީލަން ކިޔާ ތަނުން ބުނީ އެ ނީލަން ކިޔާ ތަނުގެ މަގުސަދަކީ ތާރީޚު ހިމާޔަތް ކުރުން ކަމަށެވެ.

އަނިޔާވެރި ލީޑަރެއްގެ ގޮތުގައި ފާހަގަ ކުރާ އެޑޮލްފް ހިޓްލަރަކީ 1933 އާއި 1945 އާ ދެމެދު ނާޒީ ޖަރުމަނުވިލާތުގެ ލީޑަރެވެ. އޭނާގެ ވެރިކަމުގެި 11 މިލިއަނަށްވުރެއް ގިނަ މީހުން އަނިޔާވެރިކަމާއެކު މަރާލައިފައިވާއިރު، އޭގެ ތެރެއިން ހަ މިލިއަން މީހުން މަރާލީ އެމީހުންނަކީ ޔަހޫދީން ކަމަށް ވާތީ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން