ރަޝިޔާއިން ޔޫކްރެއިންގެ ދެކުނުގެ މިކޮލައިވް ސިޓީއަށް ދިން ވަރުގަދަ ހަމަލާތަކެއްގައި ޔޫކްރެއިންގެ މަހުޖަނެއްކަމަށްވާ އޯލެކްސްއި ވާޑަރޓާސްކީ މަރުވެއްޖެއެވެ.

74 އަހަރުގެ ވާޑަރޓާސްކީ އާއި އޭނާގެ އަންހެނުން މަރުވީ އެ މީހުން ދިރިއުޅެމުންދާ ގެއަށް އެރި މިސައިލް ހަމަލާއެއްގައިކަމަށް ހަބަރުތައް ބުނެއެވެ.

ވާޑަރޓާސްކީ އަކީ ގޮވާމުގެ އެކްސްޕޯޓްގައި ޔޫކްރެއިންގައި ފާހަގަކޮށްލެވޭ ބިލިއަނަރެކެވެ. އަދި އޭނާއަށް ވަނީ "ހީރޯ އޮފް ޔޫކްރެއިން"ގެ ލަގަބުވެސް ލިބިފައެވެ.

ޔޫކްރެއިންގެ ސަރުކާރުގެ އޮފިޝަލުން ތުހުމަތުކުރާ ގޮތުގައި ވާޑަރޓާސްކީ މަރުވީ ރަޝިޔާ ސިފައިން އޭނާއަށް ސީދާ އަމާޒުކޮށް ދިން ހަމަލާއަކުންކަމަށެވެ.

ހަބަރުތައް ބުނާގޮތުން ޔޫކްރެއިންގެ ދެކުނުގެ މިކޮލައިވް ސިޓީއަށް ރަޝިޔާއިން ދިން ހަމަލާތަކުގައި ކުޅިވަރު އެކުންވެއްޏަކާއި ދެ ސްކޫލާއި ސަރވިސް ސްޓޭޝަނަކާއި ބައެއް އާއްމުންގެ ގެތަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން