މިލިޓަރީ ވެރިކަމެއް ކުރަމުން އަންނަ މިޔަންމާގައި އިއުލާންކޮށްފައިވާ ކުއްލި ހާލަތު އަންނަ އަހަރުގެ ނިޔަލަށް އިތުރުކޮށްފިއެެވެ.

މިޔަންމާގެ އަސްކަރިއްޔާއިން އެ ޤައުމުގައި އޮތް އަންގ ސަން ސޫޗީގެ ސަރުކާރު ވައްޓާލައި، ވެރިކަމާއި ހަވާލުވީ މިދިޔަ އަހަރުގެ ތެރޭގައެވެ. އަދި އަވަސް މުސްތަގްބަލެއްގައި މިނިވަން އިންތިހާބުތަކެއް ބާއްވާނެކަމަށް އަސްކަރިއްޔާއިން އޮތީ އިއުލާންކޮށްފައެވެ.

ނަމަވެސް ހޯމަ ދުވަހު މިޔަންމާގެ އަސްކަރިއްޔާއިން ބުނީ އެ ޤައުމުގައި ހަމަޖެހުން ޤާއިމްކުރުމަށް އިތުރު ވަގުތު ބޭނުންވާތީ ޤައުމުގައި އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަންނަ އަހަރުގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށެވެ.

މިނިވަން އިންސާފުވެރި އިންތިހާބުތަކެއް ބާއްވާނެކަމަށް މިޔަންމާގެ އަސްކަރިއްޔާއިން ބުނިނަމަވެސް އެ ޤައުމުގެ ރައްޔިތުން އެކަން މާބޮޑަށް ގަބޫލެއް ނުކުރެއެވެ.

މިޔަންމާގެ އަސްކަރިއްޔާއިން މިދިޔަ އަހަރުގެ ޖޫންމަހު އެ ޤައުމުގެ އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މިދިޔަ އޮގަސްޓްމަހުވެސް އިތުރުކުރިއެވެ.

އިންތިހާބުގައި އޮޅުވާލުންތަކެއް ހުރިކަމަށް ބުނެ މިޔަންމާގެ ސަރުކާރު ވައްޓާލުމަށްފަހު އެ ޤައުމުގެ ބޮޑުވަޒީރުކަމުގެ މަޤާމަށް އައްޔަންކޮށްފައިވަނީ ސިފައިންގެ އިސް ޖެނެރަލް މިންގ އައުންގއެވެ. އަދި އޭރު ވެރިކަމުންކުރަމުންދިޔަ ޕާޓީގެ ލީޑަރު އަންގ ސަންގ ސޫޗީއާއި އޭނާގެ ބައެއް ވަޒީރުންވެސް ވަނީ ހައްޔަރުކޮށްފައެވެ. އެ މީހުންގެ ތެރެއިން ބައެއް މީހުންގެ ޝަރީއަތްވެސް މިހާރު ވަނީ ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން