ޔޫރަޕްގެ ބޮޑެތި ގިނަ ކްލަބްތަކަށް ކުޅެފައިވާ ސްޕެއިންގެ ހުނަވެރި ފުޓްބޯޅަ ކުޅުންތެރިޔާ ސެސް ފެބްރިގާސް އިޓަލީގެ ދެވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ކޮމޯއާ ގުޅިއްޖެއެވެ.
ފެބްރިގާސް އިޓަލީގެ ދެވަނަ ޑިވިޝަންގެ ކްލަބަކާއި ގުޅެން އުޅޭކަމުގެ އަޑުތައް މީގެ ހަފްތާއެއްހާ ދުވަސް ކުރިން ވަނީ ފެތުރިފައެވެ. ނަމަވެސް އެކަން ކަށަވަރުވެފައިވާނީ އާދީއްތަ ދުވަހުއެވެ.
ފެބްރިގާސް މިއަދު ކޮމޯއަށް ގޮސްފައިވާއިރު އެ ކްލަބްގެ ސްޓޭޑިއަމްގައި 2 އަހަރުގެ ދުވަހުގެ އެއްބަސްވުމުގައި މިއަދު އެނާ ސޮއިކުރާނެއެވެ.
2019 ވަނަ އަހަރުން ފެށިގެން ފެބްރިގާސް ހުރީ 3 އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ފްރާންސްގެ މޮނާކޯގަވެ. އަދި އެނާ ކޮމޯއާ ގުޅިފައި މޮނާކޯގެ އެއްބަސްވުން މިދިޔަ ޖޫންމަހު ހަމަވުމުން، ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ.
ހަބަރުތައް ބުނާގޮތުން 35 އަހަރުގެ ފެބްރިގާސް ކޮމޯގައި ހޭދަކުރަނީ ކުޅުންތެރިއެއްގެ ގޮތުން ހޭދަކުރާ އެންމެ ފަހު ދުވަސްތަކެވެ. އަދި އޭގެ ފަހުން އޭނާގެ ކޯޗިން ކެރިއަރު ފަށާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.
އެ ޖީލުގެ އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ ފެބްރިގާސް މީގެ 19 އަހަރު ކުރިން ފުޓްބޯޅަ ކެރިއަރު ފެށީ އާސެނަލްއިންނެވެ. އޭގެފަހުން އޭނާ ވަނީ ބާސެލޯނާ އަދި ޗެލްސީއަށްވެސް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އަދި 2010 ވަނަ އަހަރު ސައުތު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބުކުރި ސްޕެއިންގެ ގައުމީ ޓީމުގައި ވެސް ފެބްރިގާސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު