ކޮމަންވެލްތު ގޭމްސްގައި ވާދަކުރާ ލަންކާގެ ކޮންޓިންޖެންޓްގައި ހިމެނޭ ބަޔަކު ވީނުވީއެއް ނޭނގި ގެއްލިއްޖެއެވެ.

ލަންކާގެ ނޫސްތައް ބުނާގޮތުން އިނގިރޭސިވިލާތުގެ ބަރމިންގްހަމްގައި ކުރިއަށްދާ ކޮމަންވެލްތު ގޭމްސްއިން ވީނުވީއެއް ނޭނގި ގެއްލުނު މީހުންގެ ތެރޭގައި ބޮކްސިންގ ޓީމުގެ ކުޅުންތެރިއަކާއި މެނޭޖަރު ހިމެނޭކަމަށެވެ. ހަބަރުތައް ބުނާގޮތުން މި މީހުން ފިލީ ހިމާޔަތް ހޯދުމުގެ ބޭނުމުގައިކަމަށްވެއެވެ.

ބޮކްސިންގ ޓީމުގެ އިތުރުން، ޖޫޑޯއާއި ރެސްލިންގ ޓީމުގެ ބަޔަކުވެސް ވަނީ ގެއްލިފައެވެ.

ލަންކާގެ ކޮންޓިންޖެންޓުން މީހުން ގެއްލުމާއި ގުޅިގެން އެކަން ވަނީ ގޭމްސްގެ ސެކިއުރިޓީ ބަލަހައްޓާ އިސް ފަރާތްތަކަށް އަންގާފައެވެ. އެ ސަރަހައްދުގެ ޕޮލިސް ޑިޕާޓްމަންޓުން ވަނީ ގެއްލުނު މީހުންގެ ތެރެއިން 2 މީހަކު ވީތަން ހޯދިފައެވެ. އެކަމަކު އަދިވެސް ނުފެންނަ މީހުން އުޅޭކަމަށް ހަބަރު ލިބެއެވެ.

ލަންކާގެ ކޮންޓިންޖެންޓުން ބަޔަކު ގެއްލިފައި މިވަނީ ބަނގުރޫޓްވެފައިވާ އެ ގައުމު އޮތް ހާލަތާއި ގުޅިގެން ގިނަ ބަޔަކު ގައުމު ދޫކުރަމުންދާ ދަނޑިވަޅެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން