އިންޑިއާގެ އާ ނައިބު ރައީސް ކަމަށް ޖަގްދީޕް ދަންޚާރު ހޮވިވަޑައިގެންފިއެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި ހޮނިހިރު ދުވަހު އޮތް އިންތިހާބު ޖަގްދީޕް ކާމިޔާބު ކުރެއްވީ ކެންޑިޑޭޓް މާގަރެޓް އަލްވާއާ ވާދަކޮށް ބޮޑު ތަފާތަކުންނެވެ. ބީޖޭޕީ ޕާޓީގެ ޖަގްދީޕް، މިއިންތިޚާބު ކާމިޔާބު ކުރެއްވީ 346 ވޯޓުންނެވެ.
1951 ވަނަ އަހަރު އުފަންވި ޖަގްދީޕް ވަނީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި ރާޖަސްތާން ތަމްސީލުކޮށްދިނުމުގެ ކުރިން، ރާޖަސްތާނުގެ ހައި ކޯޓުގައި ވަކީލެއްގެ މަގާމުން ފެނިގެންގޮސްފައެވެ. އަދި ޔޫނިއަން މިނިސްޓަރެއްގެ އިތުރުން ޕާލިއަމަންޓަަރީ އެފެއަރޒްގެ ސްޓޭޓް މިނިސްޓަރކަން ވެސް ޖަގްދީޕް ވަނީ ކުރައްވާފައިވެއެވެ.
އިންޑިއާގެ އާ ނައިބު ރައީސް ކަމަށް ޖަގްދީޕް ހޮވިވަޑައިގެންފައިވަނީ ވެސްޓް ބެންގާލްގެ ގަވަރުނަރުގެ މަގާމުގައި ހުންނަވަނިކޮށެވެ. ޖަގްދީޕް ވެގެން ދާނީ އިންޑިއާގެ 14 ވަނަ ނައިބު ރައީސަށެވެ.

ކިޔުންތެރިންގެ ހިޔާލު