ލ. އަތޮޅުގައި ތަރައްގީގެ އިތުރު މަޝްރޫއުތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި ފެށިގެންދާނެ ކަމަށް ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެއެވެ.

ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙާ ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެެވެ.

މުލީއާގޭގައި ރައީސް ސާލިޙާއި ބައްދަލުކުރެއްވުމަށްފަހު ވިސާމް ވިދާޅުވީ، ކުރިއަށް އޮތް ދުވަސް ތަކުގައި ލ. އަތޮޅުގައި ތަރައްގީގެ މަޝްރޫއުތަކެއް ފެށިގެންދާނެ ކަމަށެވެ. ލ. ގަމު ދާއިރާއަށް ވެވަޑައިގެންފައިވާ ވައުދުތަކުގެ ތެރެއިން ނުފެށި ހުރި ތަރައްގީގެ މަޝްރޫއު ތަކާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޝްވަރާ ކުރައްވާފައިވާ ކަމަށް ވިސާމް ވިދާޅުވިއެވެ.



ވިސާމް ވިދާޅުވީ ސަރުކާރުން ބާއްވާ ވިޔަވަތި ކޮންފަރެންސް އަންނަ މަހު ލ.ގަމުގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. .ސަރުކާރުން މިހާރު ވެސް ގެންދަނީ ލ.އަތޮޅުގައި ތަރައްގީގެ ބައެއް މަޝްރޫއުތައް ހިންގަމުންނެވެ. އޭގެތެރޭގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހައުސިން ޔުނިޓް އެޅުމުގެ ޕްރޮޖެކްޓާއި ގަމުގައި އަޅާ ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން