އަލްމަދުރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ އައު ޢިމާރާތް ބިނާކުރާނީ ޢަރަބި ތައުލީމް ރަމްޒުކޮށްދޭގޮތަށްކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

އަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ އަރަބިއްޔާ ސްކޫލް އިމާރާތްކުރާ ބާ ޖަމާލުއްދީން ތަޅާލުމުގެ މަސައްކަތް އަންނަމަހު ނިންމާލެވޭނެކަމަށެވެ.

ޢަރަބިއްޔާ ސްކޫލްގެ އައު ޢިމާރާތް ހަދަން އެތަން ތަޅާލުމުގެ މަސައްކަތް ޖޫން މަހުގެ 16ވަނަ ދުވަހު ފަށާފައިވާއިރު، ބައު ޖަމާލުއްދީން ތަޅާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ޙަވާލުކޮށްފައިވަނީ ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ. މިމަސައްކަތް އެކުންފުންޏާ ޙަވާލުކޮށްފައިވަނީ 75 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ ބައު ޖަމާލުއްދީން ސްކޫލްގައި ހުރި ޢިމާރާތް ތަޅާލުމުގެ މަސައްކަތް އަންނަމަހުގެ 10ވަނަ ދުވަހު މުޅިން ނިންމާލެވޭނެކަމަށެވެ. އަދި އެ މަސައްކަތް ނިމުމާއެކު އިމާރާތް ހެދުމަށްޓަކައި ބަޔަކާ ހަވާލުކުރެވޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ އެ ސްކޫލް ހަވާލުކުރެވޭ ހިސާބުން 420 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެގޮތަށް ބަޔަކާ ހަވާލުކުރުމަށް ނިންމާފައިވާކަމަށާއި އެ ސްކޫލް އިމާރާތް ކުރެވޭނީ ޢަރަބި ތާއުލީމް ރަމްޒުކޮށްދޭގޮތަކަށްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ އަލަށް އިމާރާތް ކުރާ ސްކޫލްތަކަކީ 1000އާއި 1500އާ ދެމެދުގެ އަދަދެއްގެ ކުދިންނަށް އެއްފަހަރާ ކިޔެވޭނެ ސްކޫލްތަކަށް ހެދުމަށް މަސައްކަތްކުރައްވާކަމަށެވެ.

އަރަބިއްޔާގެ އައު އިމާރާތް ބިނާކުރުމުގެ މަސައްކަތް ފެށީ 2013ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޗާނދަނީމަގު އަމީނިއްޔާ ކުރިމަތިން ހުޅުވި އަރަބިއްޔާ ސްކޫލްގެ ޢިމާރާތުގެ ބޮޑުބައެއްގައި ރެނދުލައި އެތަނަކީ ދަރިވަރުން ތިބުން ރައްކާތެރި ތަނެއް ނޫންކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން އެ ސްކޫލްގެ ބެލެނިވެރިން އުފުލުމުންނެވެ.

ހަތްސަތޭކައެއްހައި ދަރިވަރުން ކިޔަވަމުން އަންނަ ޢަރަބިއްޔާ ސްކޫލަކީ ރާއްޖޭގައި ޢަރަބި މީޑިއަމަށް ކިޔަވައިދެމުން އަންނަ ހަމައެކަނި ސްކޫލެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން