ޒަހީނުއްދީން ސަޢީދު   8 އޯގަސްޓު 2022 - 15:41
ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރް އާއެކު ގުޅުން ހިންގި މައްސަލާގައި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ މުޝީރު އިބްރާހިމް ރާފިއު މަގާމުން ވަކިކޮށްފިއެވެ.

އަލަމްގިރިއާއެކު ރާފިއު ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައިވަނީ ރޭގެ ވަގުތެއްގައެވެ. ރަސްއޮންލައިން އަށް މައުލޫމާތު ދެއްވަަމުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިިނިސްޓަރު ޝާފިއު އަލީ ވިދާޅުވީ، މިމަހުގެ 7 ވަނަ ދުވަހު ރާފިއު މަގާމުން ވަކިކޮށް އެކަމުގެ ޗިޓް ފޮނުވާފައިވާ ކަަމަށެވެ.

ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގައި ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތުގައި އަލަމްގީރު މީގެ ކުރިން ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާއާއެކު ޖިންސީ ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރާއި ކުރީގެ މަޖިލިސް މެމްބަރު މުޙައްމަދު ނަޝީދު (ކާނަލް) އާއި ފުލުހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.

އެ މައްސަލައިގެ ތުހުމަތަށް ސަސްޕެންޑްކުރި މީހުންގެ ތެރޭގައި ކަސްޓަމްސްގެ މުވައްޒަފަކާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކާއި ދެ ޓީޗަރަކާއި ހޯމް މިނިސްޓްރީގެ މުވައްޒަފަކު ވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން