އިއުތިރާފް ބަޔާނުގެ މައްޗަށް ކުށް ސާބިތުކުރާނަމަ ޚިލާފް އުފެދޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ސީދާ ކޮން މައްސަލައަކާއި ގުޅުވައިގެންކަމެއް ނޭނގެއެވެ. ނަމަވެސް މި ދުވަސްވަރަކީ އެކި އެކި ޖިނާއީ މައްސަލަތައް ފެންމަތިވަމުންދާ ދުވަސްވަރެކެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތުހުމަޠް ކުރެވޭ މީހާގެ އިއުތިރާފް ބަޔާނުގެ މަށްޗަށް ކުށް ސާބިޠު ކުރަނީނަމަ އަބަދުވެސް ޚިލާފް އުފެދޭނެކަމަށެވެ. އަދި އަމަލުކުރަމުންދާ ޤާނޫނަށް ގެންނަން އެދުނުއެންމެ ބޮޑު ބަދަލަކީ އިއުތިރާފް ބަޔާން ނުނަގާ، ހެއްކާއި ޤަރީނާއިން ކުށް ސާބިޠު ކުރުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.



ރައީސް ނަޝީދު މި ޓްވީޓް ކުރަށްވާފައި މިވަނީ މާލޭގައި ވަރަށް އަނިޔާވެރިގޮތަކަށް މީޙަކު މަރާލާފައިވާ ދަނޑިވަޅެއްގައެވެ. މީގެއިތުރުން އެއް ޖިންސިން ގުޅުން ހިންގައިގެން ވީޑިއޯތަކެއް ލީކުވަމުންދާ މައްސަލައެއްވެސް ރާއްޖޭގައި ވަނީ ފެންމަތިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން