އެމެރިކާ ސަރުކާރުން ރާއްޖެއަށް 99000 ހާހަށްވުރެ ގިނަ ވެކްސިން ހަދިޔާކޮށްފިއެވެ.

އެމެރިކާއިން މި އެހީ ފޯރުކޮށްދީފައިވަނީ ޔޫއެސް އެއިޑް މެދުވެރިިކޮށެވެ.

ހެލްތު މިނިސްޓްރީން ބުނީ އެމެރިކާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ 99450 ވެކްސިން ކަމަށެވެ. އަދި އެއީ ކޯވިޑް-19 އެމް.އާރް.އެން.އޭ ޑޯޒްކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.



އެމެރިކާއިން ހަދިޔާކުރި އެމް.އާރް.އެން.އޭ ވެކްސިނަކީ ކޯވިޑް-19އިން ދިފާޢުވުމަށްޓަކައި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާ ވެކްސިނެކެވެ. މީގެ ތެރޭގައި ފައިޒާ އާއި މޮޑަރނާ ހިމެނެއެވެ.

ކޯވިޑުން އަރައިގަތުމަށް ރާއްޖެއިން ކުރާ މަސައްކަތަށް ޔޫއެސްއޭ.އެއިޑްގެ ފަރާތުން ވަނީ މިހާތަނަށް 7 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި މީގެއިތުރުން 60 ވެންޓިލޭޓަރު ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން