ގިނަ ބަޔަކާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ހިމެނޭ ބަންގްލަދޭޝްގެ އަލަމްގިރް ދައުލަތާއެކު އިއުތިރާފް އެއްބަސްވުމެއް ހަދަން ހުށަހަޅާފައިނުވާކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން މިކަން ހާމަކޮށްފައި މިވަނީ ގިނަ ބަޔަކާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ހިމެނޭ ބަންގްލަދޭޝްގެ އަލަމްގިރް ދައުލަތާއެކު އިއުތިރާފް އެއްބަސްވުމެއް ހެދުމަށް ހުށަހަޅާފައިވާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެނެވެ.

ޕީޖީ އޮފީހުން މިކަމާއި ގުޅިގެން ބުނީ ގިނަ އަދަދެއްގެ ދިވެހިންނާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައެއްގައި ހައްޔަރު ކުރި ބަންގްލަދޭޝްގެ އަލަމްގީރް އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައި ނުވާކަމަށެވެ. އަދި އެފަދަ އެއްބަސްވުމެއް ހަދަން އޭނާގެ ފަރާތުން ހުށަހަޅާފައި ނުވާކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.

މާލޭގައި ހުންނަ އެޕާޓްމެންޓެއްގެ ކޮޓަރިއެއްގައި އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް މިދިޔަ މަހުގެ ފަހުކޮޅު ލީކްކޮށްލި މައްސަލައިގައި އަލަމްގީރް ހައްުޔަރުކުރީ މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ.

މިމައްސަލައާއި ގުޅިގެން އިތުރު ބަޔަކު ހައްޔަރުކޮށްފައިވާއިރު، އޭގެތެރޭގައި ސިޔާސީ މީހުންނާއި ފުލުހުންވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން