ޔޯގާ ހަމަނުޖެހުމުގައި ތަހުގީގުގެ މުއްދަތު އިތުރުކޮށްފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ ޔޯގާ ހަމަނުޖެހުމުގައި ހައްޔަރު ކުރި މީހުންގެ ތަހުގީގުގެ މުއްދަތު އެ އޮފީހުން ފުލުހުންނަށް އިތުރު ކޮށްދީފައިވާ ކަމަށެވެ.

ޕީޖީ އޮފީހުން އެ މައްސަލައިގެ ތަހުގީގުގެ މުއްދަތު އިތުރު ކޮށްދީފައި މިވަނީ، ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ ޖުލައިމަހުގެ 21 ވަނަދުވަހު ހިންގި ހަރަކާތާ ގުޅިގެން ހިންގި ހަމަނުޖެހުމުގައި އެކި ދުވަސްމަތިން ހައްޔަރުކުރި މީހުންގެ ތެރެއިން ބައެއް މީހުންގެ ތަހުގީގުގެ މުއްދަތު ހަމަވަމުންދާތީއެވެ.

ގާނޫނު ބުނާގޮތުން އެ ގާނޫނުގެ ދަށުން ބަންދުކުރާ ފަރާތްތަކުގެ މައްސަލަ ތަހުގީގު ކުރަން 45 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. އަދި ތަހުގީގަށް އިތުރު މުއްދަތު ބޭނުންވެގެން ފުލުހުން ހުށަހަޅައިފިނަމަ އެ މުއްދަތު އިތުރު 45 ދުވަހަށް އިތުރު ކުރެވޭނެއެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން 20 އަށްވުރެ ގިނަމީހުން ހައްޔަރުކޮށްފައިވާއިރު، އޭގެތެރެއިން ބައެއް މީހުން ވަނީ ޝަރުތުތަކާއެކު ދޫކޮށްލާފައެވެ. ނަމަވެސް އެ މައްސަލައިގެ ތަހުގީގު ދަނީ ކުރިއަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން