ރ. ދުވާފަރު ކައުންސިލްގެ ހިޔާނާތުގެ މައްސަލަ ބަލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ ދުވާފަރު ކައުންސިލާއި އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ތުހުމަތުކުރެވޭ ހިޔާނާތުގެ މައްސަލަ އެކޮމިޝަނުން ދިރާސާކުރުމަށްފަހު އެކަން ތަހުގީގުކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

ދުވާފަރު ކައުންސިލްގެ މެމްބަރުންނާއި އެ ރަށުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ މެމްބަރުންގެ އަމިއްލަ އެކައުންޓްތަކަށް ކައުންސިލްގެ ބަޖެޓުން ދެ މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިދިޔަ މަހު ނެރުނު ރިޕޯޓުން ވަނީ ހާމަވެފައެވެ.

އެލްޖީއޭ އިން އެކުލަވައިލި ހާއްސަ ރިޕޯޓްގައި ބުނެފައިވަނީ ދުވާފަރު ކައުންސިލާއި ޑަބްލިއުޑީސީން މާލިއްޔަތު ގަވައިދާއި ސިވިލް ސާވިސް ގަވައިދު އަދި މާލީ ކަންކަމާ ގުޅުން ހުރި އެހެނިހެން ގާނޫނުތަކާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި މާލީ ކަންކަމާ ގުޅޭ ލިޔެކިޔުންތައް ނުބެލެހެއްޓުމާއި މެމްބަރުންގެ އަމިއްލަ އެކައުންޓަށް ލިޔެކިޔުމެއް ނެތި ގިނަ އަދަދެއްގެ ފައިސާ ޖަމާކުރުމާއި އެއްވެސް ހުއްދައެއް ނެތި ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެމްބަރުންނާއި ބައެއް މުވައްޒަފުންނަށް ވެސް ނަގުދު ފައިސާ ބަހާފައިވާ ކަން ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

މިމައްސަލަތަކާއި ގުޅިގެން އެލްޖީއޭ އިން މިހާރު ވަނީ ދުވާފަރު ކައުންސިލްގެ އިންކްއަރީ އެއް ވެސް ފަށާފައެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން