ދީބާނާޒް ފަހުމީ (ކ)
ދީބާނާޒް ފަހުމީ (ކ)
ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ދެބޭފުޅަކު ކުރަށްވައިފިއެވެ.

ހުސްވެފައިވާ ހައިކޯޓުގެ ފަނޑިޔާރުކަމުގެ ދެ މަޤާމަށް އައްޔަން ކުރައްވާފައި ވަނީ އަލްއުސްތާޛާ ދީބާނާޒް ފަހުމީ އަދި އަލްއުސްތާޛު މުޙައްމަދު ސަލީމެވެ. ހައިކޯޓުގެ ދެ ފަނޑިޔާރެއްގެ މަގާމު ހުސްވީ ކުރިން އެ މަގާމުތަކުގައި ތިއްބެވި އަބްދުއްރައޫފް އިބްރާހީމް މަޤާމުން އިސްތިއުފާ ދެއްވުމުންނާއި އަބްދުﷲ ހަމީދު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމުމާ ގުޅިގެންނެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި ދެ ބޭފުޅުންނަށް މަގާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ހުސްނުއްސުއޫދެވެ.

މިރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނާއި ޖޭއެސްސީގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ދީބާނާޒް ފަހުމީއަކީ ގާނޫނީ ރޮނގުން ބެޗްލާ އޮފް ލޯ (އޮނާސް) މެލޭޝިއާ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން ހާސިލް ކުރެއްވުމަށްފަހު، މާސްޓާ އޮފް ލޯ ނިއުޒިލެންޑްގެ ޔުނިވަސިޓީ އޮފް ކެންޓަބަރީއިން ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ދީބާނާޒް އަކީ ޖިނާއީ އަދުލުގެ ނިޒާމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާ 17 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ.

އަލްއުސްތާޒު މުހައްމަދު ސަލީމް ވަނީ ކުއްލިޔަތުއް ދިރާސަތިލް އިސްލާމިއްޔާ އިން ބެޗްލާސް ޑިގްރީ ހާސިލްކުރައްވާފައެވެ. މުހައްމަދު ސަލީމަކީ ހައިކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ދުވަހު ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. 



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން