އިސްރާއީލްގެ ސިފައިން ހުޅަނގު އައްސޭރީގެ ނާބުލުސްއަށް އަރައި ހިންގި އުދުވާންތަކެއްގައި ފަލަސްތީނުގެ ހަތަރު މުސްލިމުން ޝަހީދު ކޮށްލައިފިއެވެ.
ރިޕޯޓްތައް ބުނާގޮތުގައި، މި އުދުވާންތަކުގައި ފަލަސްތީނުގައި ވެރިކަން ކުރާ ފަތަޙަ ޖަމާއަތުގެ ހަތިޔާރު އެޅި ގުރޫޕު ކަމުގައިވާ އަލްއަޤްޞާ މާޓިޔަރސް ބްރިގޭޑްގެ އިސް ކޮމާންޑަރެއް ކަމުގައިވާ އިބްރާހީމް އަލްނަބުލްސީ ވަނީ ޝަހީދު ކޮށްލާފައެވެ.
މީގެ އިތުރުން އެ ޖަމާއަތަށް ނިސްބަތްވާ އިތުރު މީހަކާއި، ޒުވާން އުމުރުފުރައިގެ ދެ ކުއްޖެއްވެސް މި އުދުވާނުގައި ޝަހީދު ކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޝަހީދު ކޮށްލާފައި ވަނީ އުމުރުން 16 އަހަރާއި 17 އަހަރުގެ ދެ ފިރިހެން ކުދިންނެވެ. އެ ކުދިންގެ ކުށަކީ، ޔަހޫދީ ސިފައިންނާ ދިމާއަށް ގައު އުކުން ކަމުގައި އިސްލާމިކް ޖިހާދު ޖަމާއަތުން ބުންޏެވެ.
ޔަހޫދީންގެ މި އުދުވާންތައް ފެށީ ނާބުލުސްގައި އަލްނަބުލްސީ ދިރިއުޅޭ ގެ ވަށައިލުމަށް ފަހުއެވެ. އަދި، އަމާންދިނުމަށް އޭނާ ދެކޮޅު ހެދުމުން، ޔަހޫދީ ސިފައިން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި އަލްއަޤްޞާ މާޓިޔަރސް ބްރިގޭޑްގެ މެންބަރުންނަށް ހަމަލާދީފައެވެ. ޔަހޫދީން ނާބުލުސްއާއި ހެބްރޯނަށް އަރައި ހިންގި ލާއިންސާނީ ޖަރީމާތަކުގައި 40 އަށްވުރެ ގިނަ މީހުން ޒަހަމްކޮށްލިއެވެ.
މި ހަފުތާގެ ކުރީކޮޅު ޔަހޫދީން ޣައްޒާގައި ހިންގި އިންސާނިއްޔަތާ ހިލާފު ޖަރީމާތަކުގައި މުސްލިމުންގެ 44 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު