ސިވިލް ކޯޓަށް ޤާޟީއަކު ހޯދަން އިއުލާންކޮށްފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭއެސްސީން ކުރި އިއުލާނެއްގައި ވަނީ ސިވިލް ކޯޓުގެ ހުސްވެފައިވާ ޤާޟީގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
މި މަޤާމުގެ އަސާސީ މުސާރަ އަކީ، މަހަކު 30،000 ރުފިޔާއެވެ. ލިވިންގ އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ އަދި ރިސްކު އެލަވަންސްގެ ގޮތުގައި މަހަކު 1،650 ރުފިޔާ ލިބޭނެއެވެ. އަދި މެޑިކަލް އިންޝުއަރެންސް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ލިބޭނެއެވެ.
ސިވިލް ކޯޓުން ޤާޟީއަކު ހޯދުމަށް އިއުލާންކޮށްފައިވަނީ، ކުރިން އެކޯޓުގެ ޤާޟީއަކަށް ހުންނެވި އަލްއުސްތާޛު ޒުބައިރު މުހައްމަދު މިދިޔަ މަހުގެ 19 ވަނަ ދުވަހު އިސްތިޢުފާ ދެއްވުމާ ގުޅިގެނެވެ.
ޤާޟީ ކަމަށް ކުރިމަތިލާން ހުޅުވާލާފައިވަނީ މި މަހުގެ 29 ވަނަ ދުވަހު 13:00 ގެ ނިޔަލަށެވެ.

ކިޔުންތެރިންގެ ހިޔާލު