25 އަހަރުގެ ތެރޭގައި ތަރައްގީވެފައިވާ ގައުމަކަށް އިންޑިއާ ހެދުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވައުދުވެވަޑައިގެންފި އެވެ.
ބޮޑުވަޒީރު މޯދީ މިކަމަށް ވަޢުދުވެ ވަޑައިގެންނެވީ އިންޑިއާގެ މިނިވަން ދުވަސް ފާހަގަ ކުރުމަށް ހޯމަ ދުވަހު ބޭއްވި ހަފްލާއެއްގައި ގައުމާ މުޚާތަބުކުރައްވަމުންނެވެ.
އިނގިރޭސީންގެ އަތްދަށުން އިންޑިއާއަށް މިނިވަންކަން ލިބުނީ 1947 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުއެވެ. މިނިވަންކަން ލިބުމުގެ ކުރިން އިނގިރޭސީން ވަނީ 200 އަހަރަށް ވުރެ ގިނަ ދުވަހު އިންޑިއާގައި ވެރިކަން ކޮށްފައެވެ.
ބޮޑުވަޒީރު މޯދީގެ ވާހަކަފުޅުގައި ކުރިއަށް އޮތް 25 އަހަރު ތެރޭގައި އިންޑިއާ ތަރައްގީވެފައިވާ ގައުމަކަށް ބަދަލު ކުރުމުގެ އިތުރުން، ކޮރަޕްޝަނާއި ނެޕޮޓިޒަމްއާ ދެކޮޅަށް ހަނގުރާމަ ކުރުމަށްވެސް ވައުދުވެވަޑައިގެންނެވި އެވެ.
"ކުރިއަށް އޮތް 25 އަހަރަށް އަޅުގަނޑުމެން ފޯކަސް ކުރަން ޖެހޭ ފަސް ވައުދެއް އެބައޮތް. ފުރަތަމަ ވައުދަކީ އިންޑިއާއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުން،" ރައީސް ވިދާޅުވި އެވެ.
"މިއީ ވަރަށް ބޮޑު ވައުދެއް. މި އަމާޒަށް އަޅުގަނޑުމެންގެ ހުރިހާ ބާރަކާއެކު މަސައްކަތް ކުރަންޖެހޭ."
މޯދީގެ އިތުރު ވައުދުތަކުގެ ތެރޭގައި އިސްތިޢުމާރީ ވިސްނުމުގެ އަސަރުތައް ނައްތާލުމާއި، އެއްބައިވަންތަކަން ހަރުދަނާކުރުމާއި، އިންޑިއާގެ ތަރިކައަށް ފަޚުރުވެރިވުމާއި، ރައްޔިތުންގެ ގޮތުގައި ކޮންމެ މީހަކުވެސް އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުން ހިމެނެއެވެ.
މޯދީ ވިދާޅުވީ އިންޑިއާގެ ތަރައްގީގެ މަގުސަދުތައް ހާސިލްކުރުމަށްޓަކައި އަމިއްލަ ނަފްސަށް ބަރޯސާވުމުގެ އަދަބުތަކުގެ އިތުރުން ބައިނަލްއަގްވާމީ ޕާޓްނަޝިޕްގެ ރޫހު ވެސް އިންޑިއާއަށް މުހިންމުވާނެ ކަމަށެވެ. އަދި ކުރިއެރުމަށް ހުރަސްތަކެއްގެ ގޮތުގައި ކޮރަޕްޝަނާއި ނެޕޮޓިޒަމް ފާހަގަކުރެއްވި އެވެ.
ވޯލްޑް ބޭންކުން އިންޑިއާ ކެޓަގަރީ ކޮށްފައިވަނީ މެދުފަންތީގެ އާމްދަނީ ދަށް އިގްތިސާދެއްގެ ގޮތުގައެވެ. މިއީ ބޮލަކަށްޖެހޭ ޖުމްލަ ގައުމީ އާމްދަނީ 1،086 ޑޮލަރާއި 4،255 ޑޮލަރާ ދެމެދުގެ އަދަދެއް އޮންނަ ގައުމުތަކަށް ދޭ ގިންތިއެކެވެ. އެމެރިކާ ފަދަ އާމްދަނީ ބޮޑެތި ގައުމުތަކުގައި ބޮލަކަށްޖެހޭ ގައުމީ އާމްދަނީގެ ގޮތުގައި 13،025 ޑޮލަރު ނުވަތަ އެއަށްވުރެ ގިނަކަމަށް ވޯލްޑް ބޭންކުން ކެޓަގަރައިޒް ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު