ރާއްޖޭގައި ވަގަށް ވިޑީއޯތަކެއް ރެކޯޑްކޮށްގެން ބަޔަކު ބްލެކްމެއިލްކުރުމުގެ ޖަރީމާއެއް ހިންގަމުންދާއިރު އެކަމާއިމެދު ސަރުކާރުން ކަންބޮޑުނުވޭތޯ ވިދާޅުވެ ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު އަހުމަދު ޝަހީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އދގެ އިސް މަޤާމްތަކެއް ފުރުއްވުމަށްފަހު މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު އަހުމަދު ޝަހީދު މިއަދު ވަނީ ބައެއްގެ ވީޑިއޯތަކެއް އެމީހުންނަށް ނޭގި ރެކޯޑްކޮށްގެން އެ ތަކެތި އެކިއެކި ޖަރީމާތައް ހިންގުމަށް ބޭނުންކުރާއިރު ސަރުކާރުން ކަންބޮޑުނުވޭތޯ ވިދާޅުވެ ސުވާލު އުފައްދާފައެވެ.
"ބައެއްގެ ރުހުމަކާއި ނުލައި އެމީހުންނާއި ގުޅޭ އެއްޗެހިތަކެއް ހޯދައިގެން ބޮޑު އަގު ހުށަހަޅާ މީހުންނަށް ވިއްކުމަށްފަހު، އެތަކެތި ބޭނުންކޮށްގެން ބްލެކްމެއިލްކޮށް ފައިސާ ހޯދާ، އަދި މިހާރު ސިޔާސީ މަންފާއަށް އެތަކެތި ބޭނުންކުރާއިރު ކީއްވެތޯ ސަރުކާރުން ކަންބޮޑުވެގެން ނޫޅެނީ." ޝަހީދު ވިދާޅުވިއެވެ.
ޑރ. ޝަހީދު މިހެން ވިދާޅުވެފައި މިވަނީ އެއް ޖިންސުން ގުޅުން ހިންގި މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ލީކްކޮށްލާފައިވާ ދަނޑިވަޅެއްގައެވެ. އަދި މިކަމާއި ގުޅިގެން ބައެއް މީހުން ހައްޔަރުކޮށް، މައްސަލަ ތަހުޤީޤްކުރުމަށްފަހު ދައުވާކުރުމަށްވެސް ފޮނުވާފައިވެއެވެ.
ވީޑިއޯތަކުން ފެންނަ މީހުންގެ މައްސަލަ ބެލިނަމަވެސް، ވީޑިއޯތައް ލީކުކޮށް ބްލެކްމެެއިލްކުރުމުގެ މައްސަލައިގައި ބަޔަކު ހައްޔަރުކުރިކަމެއް އެނގިފައެއް ނެތެވެ. ނަމަވެސް އެމައްސަލަވެސް ފުލުހުން ތަހުޤީޤްކުރަމުންދާކަމަށް ވަނީ ވިދާޅުވެފައެވެ.

Why is @presidencymv @mvpeoplesmajlis @PoliceMv not concerned about a massive surveillance project that violated the right to privacy, collected data without consent, sold it to the highest bidder who repurposed that data & used it first for extortion & now for political gain?
— Ahmed Shaheed (@ahmedshaheed) August 16, 2022
ޑރ. ޝަހީދު މިހެން ވިދާޅުވެފައި މިވަނީ އެއް ޖިންސުން ގުޅުން ހިންގި މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ލީކްކޮށްލާފައިވާ ދަނޑިވަޅެއްގައެވެ. އަދި މިކަމާއި ގުޅިގެން ބައެއް މީހުން ހައްޔަރުކޮށް، މައްސަލަ ތަހުޤީޤްކުރުމަށްފަހު ދައުވާކުރުމަށްވެސް ފޮނުވާފައިވެއެވެ.
ވީޑިއޯތަކުން ފެންނަ މީހުންގެ މައްސަލަ ބެލިނަމަވެސް، ވީޑިއޯތައް ލީކުކޮށް ބްލެކްމެެއިލްކުރުމުގެ މައްސަލައިގައި ބަޔަކު ހައްޔަރުކުރިކަމެއް އެނގިފައެއް ނެތެވެ. ނަމަވެސް އެމައްސަލަވެސް ފުލުހުން ތަހުޤީޤްކުރަމުންދާކަމަށް ވަނީ ވިދާޅުވެފައެވެ.

CRO
PAN
COL
ކިޔުންތެރިންގެ ހިޔާލު