ބޮމުގެ ހަމަލާ ދިން މިސްކިތް.
ބޮމުގެ ހަމަލާ ދިން މިސްކިތް.
އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ މިސްކިތަކަށް ދިން ބޮމުގެ ހަމަލާއެއްގައި 10 މީހުން މަރުވެއްޖެއެވެ.

ބުދަ ދުވަހުގެ ނަމާދުގެ ވަގުތެއްގައި ދިން މިބޮމުގެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ދީނީ އިލްމުވެރިއަކުވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެއިތުރުން މިހަމަލާގައި 27 މީހުން ޒަހަމްވެފައިވާ ކަމަށް އަފްގާނިސްތާނުގެ ފުލުހުން ހާމަކޮށްފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ.

އިއްޔެ ދިން މިބޮމުގެ ހަމަލާއަކީ ކޮންބަޔަކު ޒިންމާވާ ހަމަލާއެއްކަން އަދި ހާމަވެފައިނުވާކަމަށް މީޑީއާ ރިޕޯޓުތައް ބުނެއެވެ.

ނަމަވެސް ހުސްވި އަހަރު އެމެރިކާއާއި ނޭޓޯގެ ސިފައިން އަފްގާނިސްތާނުން ފައިބައި، ތާލިބާނުގެ ބާރުގެ ދަށަށް އަފްގާނިސްތާނު ގެނައުމާއެކު، ޓެރަރިސްޓު ގްރޫޕެއް ކަމަށްވާ، ދާއޭޝް ޖަމާއަތުގެ ލޯކަލް އެފިލިއޭޓުން ވަނީ ތާލިބާނުންނާއި އާންމުންނަށް އަމާޒުކޮށް ހަމަލާތައް ވަރުގަދަކޮށްފަ އެވެ. އެގޮތުން މިދިޔަ ހަފުތާގައިވެސް ދާއޭޝް ޖަމާއަތުން ވަނީ ތާލިބާނުންގެ މަޝްހޫރު ދީނީ އިލްމުވެރިއަކު މަރާލިކަމުގެ ޒިންމާ އުފުލާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން