މަންކީޕޮކްސް ޖެހިފައިވާ މީހަކު ހޮސްޕިޓަލުގައި އެޑްމިޓްވެ ފަރުވާ ހޯދަނީ.
މަންކީޕޮކްސް ޖެހިފައިވާ މީހަކު ހޮސްޕިޓަލުގައި އެޑްމިޓްވެ ފަރުވާ ހޯދަނީ.
އިންސާނެއްގެ ފަރާތުން ޖަނަވާރަކަށް މަންކީޕޮކްސް ޖެހުނު ކަމަށް ރިޕޯޓު ކުރުމާއި ގުޅިގެން ގޭގައި ގެންގުޅޭ ޖަނަވާރު މަންކީޕޮކްސްއަށް ހުށަހެޅުމުން ސަލާމަތްކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުދަ ދުވަހު ގޮވާލާފައިވެއެވެ.

މިއީ އިންސާނެއްގެ ފަރާތުން ޖަނަވާރަކަށް މަންކީޕޮކްސް ޖެހިގެން ރިޕޯޓުކުރި ފުރަތަމަ ފަހަރެވެ. އިންސާނެއްގެ ފަރާތުން ޖަނަވާރަކަށް މަންކީޕޮކްސް ޖެހުނީ ޕެރިހުގައި އެކުގައި ދިރިއުޅޭ ދެ ފިރިހެނެއްގެ ސަބަބުންނެވެ. އެގޮތުން ހުސްވިހަފްތާގައި ރިޕޯޓުކުރި މިހާދިސާގައި، އެމީހުން ޕެޓެއްގެ ގޮތުގައި ގޭގައި ގެންގުޅޭ ކުއްތާގެ ފަރާތުން މަންކީޕޮކްސް ބަލިޖައްސާ ވައިރަސް ފެނިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

"މިއީ އިންސާނުން ޖަނަވާރަށް ބަލި ޖެހޭ ކަމަށް ރިޕޯޓްކުރި ފުރަތަމަ ކޭސް. އަދި މިއީ ކުއްތާއަކަށް މިބަލި ޖެހުނު ފުރަތަމަ ހާދިސާ،" ޑަބްލިޔުއެޗްއޯގެ ޓެކްނިކަލް ލީޑް ފޯ މަންކީޕޮކްސް ރޮސާމަންޑް ލޫއިސް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

އެގޮތުން މިބަލި ޖެހުމުން ގޭގައި ޕެޓްގެ ގޮތުގައި ގެންގުޅޭ ޖަނަވާރުންނަށް ސަމާލުވާން މުހިންމުކަމަށް ރޮސާމަންޑް ލޫއިސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން މަގުމަތީގައި އުޅޭ ޖަނަވާރުތަކަށް މިބަލި ފެތުރުން ކުޑަކުރަން ކުނި މެނޭޖްކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް ރޮސާމަންޑް ލޫއިސް ފާހަގަކުރެއްވިއެވެ.



ސިއްހަތު ޖަމިއްޔާއިން ފާހަގަކޮށްފައިވާ ގޮތުން އިންސާނެއްގެ ފަރާތުން ޖަނަވާރަކަށް މަންކީޕޮކްސް ޖެހުން ކޮންޓްރޯލް ނުކުރެވިއްޖެނަމަ ކަންބޮޑުވާންޖެހޭ ހާލަތަކަށް ދިއުން އެކަށީގެންވެއެވެ. އެއީ މިފަދައިން މިބަލީގެ ވައިރަސް ފެތުރޭނަމަ، މިވައިރަސް މިއުޓޭޓްވެ އިތުރަށް ނުރައްކާތެރިވުން އެކަށީގެންވާތީއެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް މުޅި ދުނިޔޭގައި 92 ގައުމަކުން 35،000 އަށް ވުރެ ގިނަ މީހުން މަންކީޕޮކްސް އަށް ފައްސިވެފައިވެއެވެ. އަދި 12 މީހަކު މިބަލީގައި މަރުވެފައިވާ ކަމަށް ޑަބްލިޔުއެޗްއޯ އިން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން