މުސްލިމު މަންމައެއް ރޭޕުކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށް ހުކުމް އިއްވާފައިވާ ހިންދޫ ދީނުގެ 11 މީހަކު ދޫކޮށްލުމާއެކު އިންޑިއާގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

މި 11 މީހުން ހައްޔަރުކޮށްފައިވަނީ 2002 ވަނަ އަހަރު ހިނގާދިޔަ ދީނީ ހަމަނުޖެހުންތަކުގެ ތެރޭގައި މުސްލިމް މަންމައެއް ރޭޕްކޮށް އޭނާގެ އާއިލާގެ ހަތް މީހަކު މަރާލި ކަމުގެ ކުށް ސާބިތުވުމާއެކުއެވެ. އޭރުގެ ދީނީ ހަމަނުޖެހުންތަކުގެ ތެރޭގައި 1000 އަށްވުރެއް ގިނަ މީހުން މަރުވެފައިވެއެވެ.

ރޭޕާއި މީހުން މެރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބި، ހިންދޫ ދީނަށް ނިސްބަތްވާ މި 11 ފިރިހެނުން މިނިވަންކުރުމާ ގުޅިގެން އިންޑިއާގެ އަންހެނުން ނިކުމެ މުޒާހަރާތައް ފަށާފައިވަނީ ބުރާސްފަތި ދުވަހު ނިއުދިއްލީގައެވެ.

އުމުރަށް ޖަލަށް ލުމަށް ހުކުމް ކުރި ނަމަވެސް، އެ 11 ކުށްވެރިން މިނިވަން ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު ގުޖުރާތު ސަރުކާރުންނެވެ. އެމީހުން ދޫކޮށްލާފައިވަނީ 14 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރުމަށް ފަހުއެވެ. އިންޑިއާގެ މިނިވަންކަމަށް 75 އަހަރު ފުރުނު ދުވަހު ޖަލުން ދޫކޮށްލި 11 ފިރިހެނުންނަށް ފޮނި ކާއެއްޗެއްސާ މާފަތިން މަރުހަބާ ކިޔާތަން ސޯޝަލް މީޑިއާގައި ވައިރަލްވި ވީޑިއޯތަކުން ފެނިގެން ދިޔައެވެ.

ކުށްވެރިން ދޫކޮށްލުމުން އަންހެންނުންނަށް އަނިޔާވެރިވުމުގެ ނަން މަޝްހޫރު ރެކޯޑެއް އޮތް ގައުމެއްގައި އަންހެނުންނާ މެދު ސަރުކާރުން ގެންގުޅޭ ވިސްނުމާ މެދު ދަނީ ސުވާލު އުފައްދަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން