މަސްތުގެ ހާލަތުގައި ޕާޓީ ކުރިކަމަށް ތުހުމަތު ކުރުމުން ފިންލޭންޑުގެ ބޮޑުވަޒީރު، ސަންނާ މެރިން، ޑްރަގްސް ޓެސްޓެއް ހަދައިފިއެވެ.
ފިންލޭންޑުގެ ބޮޑުވަޒީރު، ސަންނާ މަރިން ރައްޓެހިންނާއެކު ޕާޓީ ކުރަނިކޮށް ނަގާފައިވާ ވީޑިއޯތަކެއް ލީކުކޮށްލުމާއި ގުޅިގެން، ފިންލޭންޑުގެ ވެރިރަށް ހެލްސިންކީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސަންނާ މެރިން ވަނީ އޭނާގެ އަމަލުތައް ދިފާއުކޮށް، ދުވަހަކުވެސް ގަވާއިދާ ގާނޫނާ ހިލާފަށް މަސްތުވާތަކެތި ބޭނުންކޮށްފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ދައުރުވަމުންދާ ވީޑިއޯތަކަކީ ރަހުމަތްތެރިންނާއެކު ޕާޓީ ކުރި އިރު ނަގާފައިވާ ވީޑިއޯ ތަކެއް ކަމާއި، ޕާޓީ ކުރުމުގައި މަސްތުވާތަކެތި ބޭނުންކޮށްފައި ނުވާނެކަމަށްވެސް ސަންނާ ވިދާޅުވެފައިވެއެވެ.
ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ސޯޝަލް މީޑިއާގައި ލީކްކޮށްލި ވީޑިއޯ ފޫޓޭޖުތަކުން ފެންނަ ގޮތުގައި ބޮޑުވަޒީރު ސަންނާއާއި އިތުރު ބަޔަކު އަމިއްލަ ގެއެއްގައި އޮތް ޕާާޓީއެއްގައި ނަށައި ލަވަކިޔަމުން ދެއެވެ. ފިންލޭންޑްގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ލީކުވި ފޫޓޭޖުގައި، ޕާޓީއަށް ދިޔަ މީހުންގެ ތެރެއިން އެކަކު ބެކްގްރައުންޑުގައި "ޖައުހޮޖެންގީ" ގޮވާ އަޑު އިވޭހެން ހީވާއިރު، މިއީ ފިންލޭންޑް ބަހުން ކޮކެއިން އަށް ދެވިފައިވާ ވަނަމެއްކަމަށް ފާހަގަކޮށްފައިވެއެވެ.
މިއާއެކު އިދިކޮޅު ސިޔާސީ ފަރާތްތަކާއި، އާންމުންގެ ގިނަ ބަޔަކު ކުރަމުންދާ ތުހުމަތުތައް ދިފާއު ކުރަށްވައި އަމިއްލަ ހިމާޔަތަށް މަސްތުވާތަކެތީގެ ޓެސްޓެއް ހަދާފައިވާކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ސަންނާ ވިދާޅުވެފައިވެއެވެ.
"އަހަރެން މިއަދު ޑްރަގް ޓެސްޓެއް ހަދައިފިން، ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނަތީޖާ އަންނާނެ. އަހަރެންގެ ހަޔާތުގައި ދުވަހަކުވެސް މަސްތުވާތަކެތި ބޭނުންކޮށްފައެއް ނުވާނެ،" ސަންނާ ވިދާޅުވިއެވެ.
މެރިން ވިދާޅުވީ ޕާޓީގައި ބަނގުރާ ބުއި ނަމަވެސް، ހަމަހޭގައި ހުންނެވިކަމަށާއި، އޭނާގެ ވާޖިބުތައް އަދާކުރުމުގެ ގާބިލްކަމަށް އެއްވެސް ހުރަހެއް ނޭޅޭނެކަމަށެވެ. މީގެއިތުރުން، ޕާޓީ ބޭއްވި ހަފްތާ ބަންދުގައި ސަރުކާރުގެ އެއްވެސް ބައްދަލުވުމެއް ނުބާއްވާ ކަމަށާއި، "އަޅުގަނޑަށް ޗުއްޓީއެއް ލިބިފައި އޮތުމުން ރައްޓެހިންނާ އެކު ހޭދަކުރީ. އަދި ގާނޫނާ ހިލާފު ކަމެއް ނުކުރަން" ކަމަށް ވެސް ސަންނާ ވިދާޅުވިއެވެ.
2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު މަގާމަށް ހޮވިވަޑައިގަތް، އަދި ފިންލޭންޑުގެ މިހާތަނަށް އެންމެ ޒުވާން ބޮޑުވަޒީރު، އުމުރުން 36 އަހަރުގެ ސަންނާ އަކީ ދުނިޔޭގެ އެންމެ ޒުވާން އެއް ލީޑަރެވެ.

ކިޔުންތެރިންގެ ހިޔާލު