ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 937 މީހުން މަރުވެ، މަދުވެގެން 30 މިލިއަން މީހުން މަގުމަތިވެފައިވާ ޕާކިސްތާން ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިއެވެ.

ޕާކިސްތާނުގެ މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފައިވާގޮތުގައި، މިދިޔަ މަހު އެގައުމަށް އާންމުކޮށް ވާރޭ ވެހޭ މިންވަރަށްވުރެ ގާތްގަނޑަކަށް 200 އިންސައްތަ އަށްވުރެ ގިނައިން ވާރޭވެހިފައިވާކަމަށެވެ. މިއީ 1961 ވަނަ އަހަރަށްފަހު އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރިކޯޑުކުރެވުނު ދުވަސްވަރުކަމަށް ފާހަގަކޮށްްފައިވެއެވެ.



މޫސުން ގޯސްވެ ކުރިމަތިވަމުންދާ އެކި ކާރިސާތަކާއި ގުޅިގެން ޕާކިސްތާނުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު، ތިން މިލިއަނަށްވުރެ ގިނަ މީހުންނަށް ވަނީ މޫސުން ގޯސްވެ ވާރޭ ވެހި، އުދައަރާ، ފެންބޮޑުވުމުގެ ކާރިސާގެ އަސަރުކޮށްފައެވެ.

ޕާކިސްތާން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނީ ގާތްގަނޑަކަށް 170،000 ގެއަކަށް ގެއްލުންވެ، މަގުތައް ހަލާކުވެފައިވާއިރު، ގާތްގަނޑަކަށް 150 ބްރިޖުވެސް ހަލާކުވެފައިވާ ކަމަށެވެ.

ޕާކިސްތާނު ސަރުކާރުން ދަނީ، ވިއްސާރައިގެ ސަބަބުން ކުރިމަތިވަމުންދާ ގެއްލުންތަކުން އަރައިގަތުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ އެހީ ހޯދުމަށް ޚަރަދުތައް ކުޑަކުރަން މަސައްކަތް ކުރަމުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މީގެއިތުރުން، ހުކުރު ދުވަހު ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހުބާޒް ޝަރީފް ވަނީ މޫސުމާ ގުޅިގެން މަރުވަމުންދާ މީހުންގެ އަދަދު ގިނަވަމުންދިއުމާއެކު، ބައިނަލްއަގްވާމީ އެހީތެރިކަމަށްވެސް ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން